އޮޔާދަނިކޮށް ޑައިވަރުންތަކެއް ސަލާމަތް ކޮށްފި

އޮޔާދަނިކޮށް ފުލުހުން ވަނީ ޑައިވަރުންތަކެއް ސަލާމަތް ކޮށްފައި--

ގދ. ގަމާ ދިމާލުން އޮޔާ ދަނިކޮށް ޑައިވަރުންތަކެއް މިއަދު ސަލާމަތް ކޮށްފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އެ އަތޮޅު ގަމާ ދިމާލު ކަނޑުމަތިން ޑައިވަރެއް ފެނިގެން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އަދި އެ ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އޮޔާދަނިކޮށް ފުލުހުން ވަނީ ޑައިވަރުންތަކެއް ސަލާމަތް ކޮށްފައި--

އެ ޑައިވަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަދިވެސް އިތުރު ޑައިވަރުންތަކެއް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން ރަޝިއާގެ 10 ޑައިވަރުންނާއި ހަތަރު އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައި ވާކަމަށެވެ. ސަލާމަތް ކުރި މީހުންގެ ތެރޭގައި ދިވެހި ތިން އިންސްޓްރަކްޓަރަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ ލޯންޗުގައި އެ މީހުން ގދ. ގައްދުއަށް ގެންގޮސް އެ މީހުން ޑައިވިނަށް ދިޔަ ދޯންޏާ މިހާރު ވަނީ ހަވާލު ކޮށްފައެވެ.

comment ކޮމެންޓް