އިހުސާސްވަނީ މިއުޅެެވެނީ އަމިއްލަ ގައުމުގައޭ: ޑްރޮގްބާ

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން

ރާއްޖޭގެ ސަގާފަތް އޭނާގެ މައިންބަފައިންގެ ގައުމުގެ ސަގަފާތާ ވަަރަށް އެއްގޮތް ކަމަށާއި އިހުސާސް ކުރެވެނީ އަމިއްލަ ގައުމަށް އާދެވުނުހެން ކަމަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ބުނެފިއެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލްމެޗުގެ ޚާއްސަ މެހެމާނު ޑްރޮގްބާ ބުނީ ދިވެހިންގެ ފަރާތުން ލިބިގެންދިޔައީ އާދަޔާޚިލާފު މެހެމާންދާރީއެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން

މުބާރާތުގެ ފައިނަލް މެޗު ބާއްވާ މާޅެންދޫގައި އޮތް ދިވެހި ސަގާފީ ހަރަކާތްތައް ބަލާލުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ޑްރޮގްބާ ބުނީ ރާއްޖޭގެ ސަގާފަތް އޭނާގެ މައިންބަފައިންގެ އަވަށުގެ ސަގާފަތާ ވަރަށް އެއްގޮތް ކަމަށާއި އިހުސާސްވަނީ ގެއަށް އާދެވުންހެން ކަމަށެވެ.

ޑްރޮގްބާ ބުނީ ދިވެހިންނަކީ ވަރަށް ހިތް ހެޔޮބައެއް ކަަމަށާއި ފެނިގެން ދިޔައީ ވަރަށް އިޚުލާސްތެރި ބައެއް ކަމަށެވެ. އަދި އޭނާ ކުރިންވެސް ރާއްޖެ ދަންނަ ކަމަށާއި ބައެއް ރައްޓެހިންގެ ފަރާތުން ރާއްޖެއާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށް ޑްރޮގްބާ ބުންޏެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން

"ރާއްޖެ ކުރިންވެސް އިނގޭ. ބައެއް ރައްޓެހިން މިކޮޅަށް އައިސް ނަގާފަ ހުރި ފޮޓޯތައް ފެނުނު. އޭރުވެސް ހިތައް އަރާ ރާއްޖެ ދާނަމޭ. މިފަހަރު ފުރުސަތު ލިބުނީމަ މިއައީ،" ޑްރޮގްބާ ބުންޏެވެ.

ޑްރޮގްބާ މިއަދު މާޅެންދުއަށް ދިޔުމުން އެ ރަށުގެ ގިނަ ބަޔަކުވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންވަނީ އޭނާއާއެކު ފޮޓޯވެސް ނަގާފައެވެ.

comment ކޮމެންޓް