އުމަރު އެމްޑީޕީއާ ވައި އެޅުނަ ވެސް ނުދޭނަން: ހަސަން ލަތީފު

ހަސަން ނޫސްވެރިންނާ ވާހަކަފުޅުދައްވަނީ --- ސަން ފައިލް ފޮޓޯ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމްޑީޕީއާ ވައި އެޅުންވެސް ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އުމަރު މިދިޔަ ހަފްތާގައި ޖޭޕީއަށް ސޮއި ކުރުމުން ކޯލިޝަނުގެ އާންމު މެމްބަރުން ދަނީ އުމަރާ ދެކޮޅަށް ސޯޝިއަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.

އެމްޑީޕީގެ މީހުންނަށްދޭ މެސެޖެއްގެ ގޮތުގައި ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އެމްޑީޕީ މެމްބަރުންނަށް. އުމަރު ނަސީރު އެމްޑީޕީ ހަލާކުކޮށްލަން އެމްޑީޕީއާ ވައި އެޅުނަކަ ނުދޭނަން. ވަރަށް ސާފު" ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ ކޯލިޝަނުގެ މެމްބަރެކެވެ. އުމަރ ޖޭޕީއަށް ގުޅިވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދައުވަތަކަށް ކަމަށް އެ ޕާޓީން ބުނެ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދިﷲ ރިޔާޒު ވިދާޅުވި ގޮތުން އުމަރަށް ދައުވަތު އެރުވުމުގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރި އެވެ.

comment ކޮމެންޓް