ސިފައިން ބަލިކޮށް ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން ދަތުރު ކޮށްފިއެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަން އިން ހޯދީ ރޭ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 26-24، 26-24-25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް ކުޅޭ ޕާކިސްތާނު ގައުމީ ޓީމުގެ ކުޅުންތެރިއާ އައިމަލް ޚާން އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސީލައިފް ސްޕޯޓްސް ކްލަބްގެ މައްޗަށް ޕޮލިސް ކްލަބުން ވަނީ ކުރި ހޯދާފައެވެ.
އެ މެޗު ޕޮލިހުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 18-25 އިންނެވެ. ދެ ވަނަ ސެޓު ސީލައިފުން 25-16 އިން ގެންގޮސްފައި އޮއްވައި، 24-26 އިން ތިން ވަނަ ސެޓު ގެންދިޔައީ ޕޮލިސް ކުލަބެވެ. ހަތަރު ވަނަ ސެޓު 25-12 އިން ގެންގޮސް ސީލައިފް ވަނީ މެޗު އެއްވަރުކޮށްފައެވެ. ނަމަވެސް ފަހު ސެޓުގައި ސީލައިފް ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ޕޮލިހުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 20-22 އިން ގެންގޮސްގެންނެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ މޯލްޑިވިއަންއާ ދެކޮޅަށް ފައިނަލްގައި ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ޕޮލިހާއި ސިފައިން ކުޅޭ ސެމީ މެޗުންނެވެ.
މުބާރާތުގެ އަންހެން ބައިގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ޏ. ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. ފައިނަލްގެ ފުރަތަމަ ޖާގަ އެ ޓީމު ހޯދީ ސެމީގެ ފުރަތަމަ މެޗްގުގައި ޕޮލިސް ކްލަބާ ވާދަކޮށް 3-1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ފައިނަލުގައި މިސްކިތްމަގު ޓީމާ ދެކޮޅަށް ނިކުންނާނީ ދެ ވަނަ ސެމީގައި މާދަމާ ހަވީރު މޯލްޑިވިއަން އާއި ޕޮލިސް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.