އައިފޯނު ބޭނުންކުރާ މީހުންގެ މެދުގައި މިއަހަރު އެންމެ މަގުބޫލީ ބިޓްމޯޖީއާ ސްނެޕްޗެޓް

---

މި ހިނގާ 2017 ވަނަ އަހަރު އެޕަލްގެ އައިފޯނު ބޭނުންކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު ދެ އެޕްލިކޭޝަނަކީ ސްނެޕް ޗެޓާ ބިޓްމޯޖީ ކަމަށް އެޕަލް އިން ބުނެފިއެވެ.

އެޕަލުން ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރު އައިފޯނު ތަކަށް އެންމެ ގިނައިން ޑައުންލޯޑު ކުރި ސްނެޕްްޗެޓަށް މިފަހަރު ލިބެނީ ދެވަނަ މަގާމެވެ. އެއްވަނަ ލިބެނީ ސްނެޕްޗެޓާއެކު ހިންގަމުން އަންނަ ބިޓްމޯޖީއަށެވެ. ސްނެޕްޗެޓާ ބިޓްމޯޖީ ގުޅުވާލުމުން ބިޓްމޯޖީއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އައިފޯނު ބޭނުން ކުރާ މީހުންގެ މެދުގައި ތިންވަނައަށް އެންމެ މަގުބޫލީ ޔޫޓިއުބެވެ. ހަތަރު ވަނައަށް ފޭސްބުކް މެސެންޖާއެވެ. ފަސްވަނަ އިންސްޓަގްރާމަށް ލިބޭއިރު ހަވަނައަށް އެންމެ މަގުބޫލީ ފޭސްބުކެވެ.

އެންމެ މަގުބޫލު ގޭމްތަކުގެ ތެރޭ ހިމެނެނީ ނިންޓެންޑޯގެ ސުޕަމާރިއޯ ރަން އާއި 8 ބޯލް ޕޫލްއެެވެ.

comment ކޮމެންޓް