މުޅި ރާއްޖެއަށް ހުޅުވާލައިގެން އަރުތަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ހަ ވަނަ ޔުނިޓީ ކަޕް މާދަމާ ފެށިގެންދާނެ އެވެ.
އެ މުބާރާތް ކުރިން ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިއަހަރުގެ މުބާރާތް ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިފަ އެވެ.
މާފަންނު ވެލިދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 8:30ގައި ބައްދަލުކުރާނީ ށ. މަރޮށީގެ މަރޮށި އެފްސީ އާއި ބ. ހިތާދޫގެ ހިތާދޫ ފުޓްސަލް ޓީމެވެ. އެ މެޗަށްފަހު މާދަމާ ރޭ 9:20ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މ. މުލީގެ މުލީ ފުޓްސަލް ޓީމާއި ގދ. ތިނަދޫގެ ޓީމް ތިނަދޫ އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިއަހަރުގެ ޔުނިޓީ ކަޕްގައި ބައިވެރިވި 16 ޓީމު ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ.
ގްރޫޕް އޭ:
- މަރޮށި އެފްސީ (ށ. މަރޮށި)
- ހިތާދޫ ފުޓްސަލް ޓީމު (ބ. ހިތާދޫ)
- ހއ. ކެލާ
- ޗެލެންޖާސް އެފްސީ (ހއ. ވަށަފަރު)
ގްރޫޕް ބީ:
- މުލި ފުޓްސަލް ޓީމު (މ. މުލި)
- ޓީމް ތިނަދޫ (ގދ. ތިނަދޫ)
- މާކޯ އެފްސީ (ރ. މާކުރަތު)
- ހިންނަވަރު ހައިނަސް (ޅ. ހިންނަވަރު)
ގްރޫޕް ސީ:
- ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް (ހދ. ނޮޅިވަރަންފަރު)
- އިންވިސިބަލްސް އެސްސީ (ތ. ތިމަރަފުށި)
- ރ. އަލިފުށި
- މަޑުއްވަރީ ޔޫތު ކްލަބު (ރ. މަޑުއްވަރި)
ގްރޫޕް ޑީ:
- ކްލަބު މެދު ސިޓީ (ނ. މާފަރު)
- ޓީމު އިނގުރައިދޫ (ރ. އިނގުރައިދޫ)
- ކަންމަތީ ބޯއީސް އެސްސީ (ދ. ބަނޑިދޫ)
- މަޑަވެލި ރަޓު ޓީމް (ގދ. މަޑަވެލި)