އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެ

މިދިޔަ އަހަރުގެ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް އާއި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ސިފައިން: މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވޭ --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ޓީމުތައް ކަށަވަރު ވެއްޖެ އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖާގަ ހޯދި އިރު، ފިރިހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އެވެ.

އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސްޓެލްކޯގެ މައްޗަށް ކަސްޓަމްސް އިން ކުރި ހޯދާފައި ވަނީ 4-2 ސެޓުންނެވެ. އަދި ސެމީގެ ދެ ވަނަ މެޗުގައި ދިރާގުގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-4 ސެޓުންނެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް އެމްއެންޑީއެފް އިން ކުރި ހޯދާފައި ވަނީ 4-3 ސެޓުންނެވެ. އަދި ސެމީގެ ދެ ވަނަ މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ސްޓެލްކޯ އިން ކުރި ހޯދާފައި ވަނީ 4-2 ސެޓުންނެވެ.

އެ މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ކަސްޓަމްސް އާއި ބީއެމްއެލް މިއަދު ހަވީރު 5:00ގައި ވާދަކުރާ އިރު، ފިރިހެން ޑިވިޝަންގެ ފައިނަލުގައި އެމްއެންޑީއެފް އާއި ސްޓެލްކޯ ވާދަކުރާނީ މިރޭ 8:30ގަ އެވެ.

comment ކޮމެންޓް