ކޮރަޕްޝަންގެ ތުހުމަތުގައި އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ---

ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު އެ އެސޯސިއޭޝަނަށް ވަދެއްޖެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ.

އޭސީސީން މިއަދު ބުނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަޙުޤީޤު ޓީމެއް އެ އެސޯސިއޭޝަނުގައި ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެކަމަކު، އެ މައްސަލައާ ގުޅޭ ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލާއިރު، ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ތަހުގީގުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކުރަން ވެސް ވަނީ ފޮނުވައިފައެވެ.

comment ކޮމެންޓް