އީޝާ ޑިއޯލް އަށް އަންހެން ކުއްޖަކު ލިބިއްޖެ

އީޝާ ޑިއޯލް އަދި ފިރިމީހާ ބާރަތު ---

ބޮލީވުޑް އެކްޓްރެސް އީޝާ ޑިއޯލް އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އީޝާ އާއި އޭނާގެ ފިރިމީހާ ބާރަތު ތަޚްތާނީއަށް އަންހެން ކުއްޖަކު ލިބުނު ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި މަހު 20 ވަނަ ދުވަހު އެކުއްޖާ ވިހާފައިވާ އިރު އީޝާ ވިހޭ އިރު އާއިލާގެ އެންމެން ވެސް ހޮސްޕިޓަލްގައި ތިއްބެވެ.

"އުފާވާ މިންވަރު އިހްސާސްވެސް ނުވޭ. އިހްސާސްތައް ކިޔާދޭން ވެސް ދަތި. އެހާ ވެސް އުފާވެއްޖެ. ދަރިފުޅު ވައްތަރީ އަހަރެންނާ ކަންނޭގެ. ދަރިފުޅު ހީލުމުން ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވަނީ،" ބާރަތު ބުންޏެވެ.

އެ ދަރިފުޅަކީ ހެމާ މާލިނީގެ މާމަ ދަރިފުޅެވެ.

އީޝާ އާއި މުމްބާއީގެ ވިޔަފާރިވެރިޔާ ބާރަތު ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދެމީހުންނަކީ ކުޑަ އިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ނަމަވެސް ސްކޫލް ނިމުމަށް ފަހު ދެ މީހުން ވެސް އަމިއްލަ މިސްރާބަކަށް ދަތުރު ފެށި އެވެ.

އެއަށް ފަހު ދެމީހުން އަލުން ދިމާވީ 2011 ވަނަ އަހަރު ރިލީޒް ކުރި އީޝާގެ ފިލްމު 'ޓެލް މީ އޯ ޚުދާ'ގެ ޝޫޓިންގްގެ ތެރެއިންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ އެވެ.

comment ކޮމެންޓް