ރައީސް މާލެވަޑައިގެންފި

ރައީސް ޔާމީން މިއަދު ރާއްޖެވަޑައިގަތުމުން ޑިފެންސް މިނިސްޓަރު އެއާޕޯޓްގައި ސަލާމް ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ހިޒް އެކްސެލެންސީ ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާންގެ ދަޢުވަތަކަށް ‏ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މެންދުރު ފަހު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ދަތުރުފުޅުގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

comment ކޮމެންޓް