Ooredoo
Dhiraagu

އެސްޕީޖީގެ ކޮމާންޑަރަކަށް މުއިއްޒު އައްޔަންކޮށްފި

ޖުލައި 26، 2020: މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޑީއެފްގެ ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުން ބަދަލުކޮށް، އެ ގްރޫޕްގެ ކޮމާންޑިން އޮފިސަރެއްގެ ގޮތުގައި ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު އައްޔަންކޮށްފި އެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ވަނީ މޭޖާ މޫސާ ރަމީޒު އައްޔަންކޮށްފަ އެވެ.

ADK GENERAl

އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖާ އިބްރާހީމް އާޒިމު މިއަދު "ސަން" އަށް ވިދާޅުވީ އެ ދެ މަގާމުގެ އިތުރަށް ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ފަސްޓް ސާޖެންޓްގެ ގޮތުގައި އަބްދުﷲ ޖަމީލު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މުއިއްޒަކީ ކުރިން ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް، ދާދިފަހުން ކޯޓު އަމުރުގެ ދަށުން ޕްރޮމޯޝަނާ އެކު ވަޒީފާ ދިން ބޭފުޅެކެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައި މި ވަނީ، މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއްދީފައި ވަނިކެވެ. އަދި އެ ހަމަލާއާ ގުޅިގެން ނަޝީދުގެ ސެކިއުރިޓީ ފޫއެޅި ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށެވެ.

Redstar
comment ކޮމެންޓް

comment ޤާދިރު

4 year 11 month ago

ދިފާޢީ ބާރުގެ ތެރެއިން ބަޤާވަތް ކުރަން އުޅުނު އެންމެން އަނެއްކާ ވެސް އެ މުއައްސަސާގެ ތެރެއަށްް. ފިސާރި މިނިވަންތަނަކަށް ތިތަން ތިވީ.

comment ރައްޔިތުން

4 year 11 month ago

ބާޣީންނާ ގައްދާރުން ސަރުކާރުގެ އިސް މަގާމުތަކަށް ލާ ގައުމު ވިއްކަމުން، ކެވުނުވަރަކަށް ލާރިކައިހެދުން ނޫން ކަމެއް މިބައިގަނޑު ނުކުރޭ. މީ ކިހާ ދެރަކަމެއް. ރައްޔިތުންނޭ ވިސްނާ. މި މީހުންނަށް ގައުމުގެ ވެރިކަން ދޭން ހެއު ނުވާނެ

comment ޚުދާ

4 year 11 month ago

ޚުރިންވަކިކުރިމީހެއް ދެންވާނީކިހިނެއްބާ..ރަގަޅުވާނެތަ..ސިޔާސީވީމަ އަލުން އާދެވެނީ..މިހާރު ވަކިވާމީހުންފަހު ން އަންނާނެ..

comment އެސްކޮބާ

4 year 11 month ago

ބޮޑެތި މައްސަލަ ތަކުގަ ސިފައިންގެ ވަޒީފާއިން ވަކިކޮށްފަ ތިބި މީހުން ވައްދައިގެން ގެއްލިދަނީ މުއައްސަސާއަށް އޮތް އިތުބާރާއި އިހްތިރާމެވެ. މިހުންނަނީ ދެރަވަރުކަންކަން.