ވަގަށް ނެގި ފިޔޯރީ ކޯޓުގެ ތިޖޫރީގައި ފައިސާއެއް ނުހުންނާނެ: ކައުންސިލް

ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓު

ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ރޭ ވަގަށް ނަގައިފައިވާ ކަމަށާއި އަދި އެ ތިޖޫރީގައި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ފިޔޯރީ ކައުންސިލުން ބުނެފިއެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް ޝުޒާމް ސާހިލް "ސަން" އަށް ވިދާޅުވީ ތިޖޫރީ ވަގަށް ނެގީ ރޭ ދަންވަރު 12 ޖެހިއިރު ކަމަށާއި އަދި ތިޖޫރީ ވަގަށް ނަގައިފައިފައި ވަނީ އެ ރަށުގެ ކޯޓުގެ ކުޑަދޮރުގެ ތޭރިތައް ހަލާކުކޮށްލައިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު އަށެއް ޖެހިއިރު ކަމަށާއި އަދި ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޝިޒާމް ވިދާޅުވީ މިއަހަރު ތެރޭގައި ވސް އެ ރަށު ސިއްހީ މަރުކަޒާއި އަދި އެސްޓީއޯ ފާމަސީގެ ތިޖޫރީ ވަގަށް ނަގައިފައިވާ ކަމަށާއި އަދި އެ ތިޖޫރީތަކުން ގެއްލުނު ފައިސާ މިހާތަނަށް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެ މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް