ބަންދުކޮށްފައި ހުންނަ ކާނާ ކެއުމަށް ދަޅު ކެނޑުމުގެ ކުރިން ދަޅުގެ މަތިގަނޑު ދޮވެލަންވާނެ!

--/

ބައެއް ކަހަލަ ކާ އެއްޗެއްސަކީ އެ ކެއުމުގެ ކުރިން ކޮންމެހެން ވެސް ދޮވެ ސާފުކުރަން ޖެހޭ އެއްޗެއްސެވެ. އަނެއްބައި ކާއެއްޗެހި ކެއުމުގެ ކުރިން ދޮވުން އެހާ ރަނގަޅު ނޫން ކަމަށް ކަމުގެ މާހިރުން ވިދާޅުވެ އެވެ. އެގޮތުން ކެއުމަށް ބޭނުން ކުރުމުގެ ކުރިން ދޮވެލާ ސާފުކުރުން ކޮންމެހެން މުހިއްމު ތަކެއްޗާއި އެނޫންތަކެތީގެ ތެރޭގައި ހިމެނޭ އާންމުކޮށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަން ޖެހޭ ތަކެތީގެ ވާހަކަ ދައްކާލަމާހެއްޔެވެ؟

ކުކުޅު: ކުކުޅު ކެއުމަށް ބޭނުން ކުރުމުގެ ކުރިން އެއިން އައިސްފިލުވައި ރީތިކޮށް ދޮވެ ހަދަމު އެވެ. ނަމަވެސް އެކްސްޕާޓުން ވިދާޅުވަނީ ކެއުމުގެ ކުރިން ކުކުޅު ދޮވެ ހަދާނަމަ އޭގައި ބެކްޓީރިއާއެއް ހުރި ނަމަ އެ އެއްޗެހި މުޅި މަސްގަނޑުގައި އުނގުޅި އޭގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. ކުކުޅުގައި ހުންނަ ބެކްޓީރިއާ އަކީ އެ ދޮވުމުން ފިލައިގެން ދާނެ އެއްޗެއް ނޫން ކަމަށާއި ކުކުޅު ފެނު ކެއްކުމުން ބެކްޓީރިއާތައް ފިލާނެ ކަމަށް ފުޑް އެކްސްޕާޓުން ވިދާޅުވެ އެވެ.

ބިސް: އާންމުކޮށް ބާޒާރުން ލިބެން ހުންނަނީ ޕްރޮސެސްޑް ބިހެވެ. މިފަދަ ބިހުގެ ތޮށީގައި ހާއްސަ ލޭޔަރެއް ހުންނާނެ ކަމަށާއި މިއީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބޭނެ މާއްދާއެއް ނޫން ކަމަށް ވެސް އެކްސްޕާޓުން ވިދާޅުވެ އެވެ. ކެއްކުމުގެ ކުރިން ބިސް ދޮންނަ ނަމަ މި ލޭޔަ ނެތިދާނެ ކަމަށް އެފަރާތްތަކުން ވިދާޅުވެ އެވެ.

ތަފާތު ބައްތަރުގެ މޭވާ އާއި ތަރުކާރީ ބަންދުކޮށްފައި ހުންނަ ދަޅު ކެނޑުމުގެ ކުރިން އޭގެ މަތި ރަނގަޅަށް ދޮންނަންވާނެ

ބަންދުކޮށްފައި ހުންނަ ދަޅު: މަސް ދަޅު، ބޭކެޑް ބީންސް ދަޅު އަދި ތަފާތު ބައްތަރުގެ މޭވާ އާއި ތަރުކާރީ ބަންދުކޮށްފައި ހުންނަ ދަޅު ކެނޑުމުގެ ކުރިން އޭގެ މަތި ރަނގަޅަށް ދޮންނަންވާނެ އެވެ. އާންމުކޮށް ގުދަންތަކުގައި ބަހައްޓާފައި ހުންނަ އިރު ދަޅުތަކުގެ މަތީގައި ބެކްޓީރިއާ އުފެދި ކަންތައް ދިމާވާނެ އެވެ. އެހެންކަމުން ދަޅު ކެނޑުމުގެ ކުރިން އޭގެ މަތި ރީތިކޮށް ދޮންނަން ހަނދާން ބަހައްޓާށެވެ.

ތޮއްޓާއެކު ކާ މޭވާ ކެއުމުގެ ކުރިން ދޮންނަންވާނެ

ތޮއްޓާ އެކު ކާ މޭވާ: އާފަލު، ޕީޗް، ޕްލަމް ފަދަ އެއްޗެހި ކެއުމުގެ ކުރިން ރީއްޗަށް ދޮންނަންވާނެ އެވެ. އެއީ މިފަދަ މޭވާގެ ތޮށީގައި ކޮންމެވެސް ވަރަކަށް ބެކްޓީރިއާ އެކުލެވޭތީ އެވެ. އޯގަނިކް ނަމަވެސް، މިފަދަ މޭވާ ކުއުމުގެ ކުރިން ރީއްޗަށް ދޮވެ ޓިޝޫއަކުން ފޮހެލަން އާދަކުރާށެވެ.

comment ކޮމެންޓް