ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ ކިބައިން އެދިއްޖެ

ގާސިމް އިބްރާހީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިއްލަވައިގެން އުޅުއްވާ ކަމަށް ނިންމައި ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގާސިމް ސިންގަޕޫރަށް ވަަޑައިގެންނެވީ ބޭސްފަރުވާ އަށެވެ. ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ދިނީ ޖުމްލަ 27 ދުވަހެވެ. އެނބުރި އަންނަން އަނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ކުރިންނެވެ.

ފުލުހުން ބުނީ ގާސިމް ރާއްޖެ ގަނައުމަށް ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށާއި ޕްރޮސީޖާގެ ދަށުން އެކަން ކުރަމުންދާ ކަމަށެވެ.

ގާސިމް ރާއްޖެ ނާދެވޭ ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ސިއްހީ ހާލަތު ހުރިގޮތުން ފްލައި ކުރުމުގެ ހުއްދަ ޑޮކްޓަރުން ނުދެއްވާތީ އެވެ.

ގާސިމް ބޭސްފަރުވާގެ މުއްދަތު އިތުރު ނުކޮށްދިން މައްސަލަ އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެމައްސަލައިގެ ޝަރީއަތް ވަނީ ފަށާފަ އެވެ.

comment ކޮމެންޓް