ދުވަހު ކުއްޔަށް ކޮޓަރިއާއި އެޕާޓްމަންޓް ދޫކޮށް، ބަނބުކެޔޮ ވިއްކާ ކަމަށް ބުނެ ސްކޭމް ކުރާ މައްސަލައެއް

"އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ސްކޭމް ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެ: ފުލުހުން ވަނީ ސަމާލުވާން އެދިފައި --

"އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ސްކޭމް ހިންގަމުންދާ މައްސަލައެއް ފެންމަތިވެ، ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ސަމާލުވުމަށް އެދި ކުރި ޕޯސްޓެއްގައި ވަނީ ސޯޝަލް މީޑިއާގައި އެކައުންޓްތައް ހަދައިގެން ސްކޭމްކުރަމުން ދާ މައްސަލައެއް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން
އެ ޕޯސްޓްގައިވާ "އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ސްކޭމް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓުކޮށްފައިވާ އެކައުންޓެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިފަދަ ކަންކަަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހިއްސާކުރި ޕޯސްޓުގައިވާ އެކައުންޓުގައި ވަރަށް ގިނަ އަދަދެއްގެ ތަކެތި ވިއްކަން އިސްތިހާރުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި ތެލުލި ބަނބުކެޔޮ ވިއްކުމަށާއި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ކަމަށް އެކިއެކި އިސްތިހާރު ޖަހާފައި ހުއްޓެވެ.

https://sun.mv/223003

މާލީ ސްކޭމްތަކުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ އެހެނިހެން ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ސިންގަޕޫރު ފުލުހުންނާ އެކު މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ބައްދަލުވުމެއް މިފަހުން ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމަކީ ސްކޭމްތައް ހުއްޓުވުމަށާއި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގުނު އެފަދަ ބޮޑު ފުރަތަމަ ހަރަކާތް ކަމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.

"އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން ރައްޔިތުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ. މި އެކައުންޓުން ތެލުލި ބަނބުކޭލާއި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާކަމަށް އިސްތިހާރުކޮށްފައިވާއިރު، މިފަދަ ކަންކަމަށް އާންމުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުންނާއި އެމްއެމްއޭ ގުޅިގެން ސިންގަޕޫރު ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ދާދިފަހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

  • "އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން ދަނީ އޮޅުވާލައިގެން ފައިސާ ހޯދަމުންނެވެ.
  • މި އެކައުންޓުގައި ތެލުލި ބަނބުކެޔޮ ވިއްކުމަށާއި ކޮޓަރި ކުއްޔަށްދޭކަމަށް އިސްތިހާރުކޮށްފައިވެއެވެ.
  • މި ފޭކް އެކައުންޓް ހިންގާ ފަރާތް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
  • ސްކޭމްތައް ހުއްޓުވުމަށް ރާއްޖޭގެ މުއައްސަސާތަކާއި ސިންގަޕޫރު ފުލުހުންނާއެކު ވަނީ ތަޖުރިބާ ހިއްސާކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް