ޝަހީދު އަލީ މިސްކިތް ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

ރޭ އަލިފާން ރޯވެ ގެއްލުން ލިބުނު ކާރު ކައިރީގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ--ފޮޓޯ/އެމްއެންޑީއެފް

ލޮނުޒިޔާރަތް މަގު، ޝާހީދު އަލީ މިސްކިތް ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.

ރޭ ފަތިހު ހިނގި އެ ހާދިސާއާ ގުޅިގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެ ކާރުގެ ކުރީ ކޮޅު ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފައެވެ.

ރޭ ފަތިހު ރޯވި އެ އަލިފާން ގަނޑު ނިއްވާލީ ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިންނެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިސަރު ސަން އަށް މިއަދު ވިދާޅުވީ ރޭ 3:55 ހާއިރު އެ ފަދަ މައްސަލަ އެއް ރިޕޯޓް ކުރެވިފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދިމިހާތަނަށް ބަޔަކު ގަސްދުގައި ކާރުގައި ރޯ ކޮށްލީ ކަމެއް އަދި ނޫން ކަމެއް ވެސް ކަށަވަރު ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގެއްލުންވި ކާރުގެ އިތުރުން އެ ކާރުގެ ކުރި މަތީގައި އޮތް ޕިކަޕަށްވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންވެފައިވެއެވެ.

މި ހަފްތާގައި ވަނީ މާލޭގެ ގެއެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

comment ކޮމެންޓް