ކުޅުންތެރިންގެ ހުނަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދޭ: އެޑިއުކޭޝަން މިނިސްޓަރު

ކަލާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ކަލާސް އެވޯޑު ހާސިލްކުރީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅުންތެރިންގެ ހުނަރުތައް ފާހަގަކޮށް، އެ ހުނަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ކަލާސް އެވޯޑު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޅުންތެރިންގެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް މީގެ ކުރިން އެންމެ އެދެވޭ ގޮތުގައި ފުރުސަތުތައް ލިބިގެން ގޮސްފައިނުވާ ކަމަށާއި އެކަމަކު މިއަދު އެ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަލާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ކަލާސް އެވޯޑު ހާސިލްކުރީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ކުޅިވަރު ކުޅެން އުޅޭއިރު ބައެއް ކުދިން ހުނަރުގެ ގޮތުން އެހެން ކުދިންނަށްވުރެ އެ ކުޅިވަރެއްގައި ފާހަގަކޮށްލެވިގެންދޭ. އެހެން ނަމަވެސް، އެ ހުނަރެއް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތެއް މީގެ ކުރިން އެންމެ އެދެވޭ ގޮތެއްގައި ލިބިގެން ގޮސްފައެއް ނުވޭ. އެއާ ހިލާފަށް މިއަދު ހުނަރުވެރި ދަރިވަރުންތައް ފާހަގަކޮށް އެ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މިހާރު ކުޅިވަރު ކުޅެވޭނެ މަގު ފަހިކޮށްދެވެމުންދާ ކަމަށާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ކަލާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ކަލާސް އެވޯޑު ހާސިލްކުރީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ހަމައެއާއެކު ހުނަރުވެރިންގެ އަގު ވަޒަންކޮށް އެ ހުނަރުވެރިންނަށް ހިތްވަރުދެމުން ވެސް އެބަގެންދޭ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ގައުމަށް ރީތި ނަން ހޯދައިދެވޭނެ ޖީލެއް ބިނާ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފައްޓަވާފައިވާ މަސައްކަތްޕުޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭ ކުޅުންތެރިންގެ ތެރޭގައި ސްކޫލް ދަރިވަރުން ވެސް ހިމެނޭ ކަމަށާއި ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ކަލާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ކަލާސް އެވޯޑު ހާސިލްކުރީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި. ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖޭން ބައިވެރިވާ ކުޅުންތެރިން ވަނީ ދިވެހި ހުރިހާ ރައްޔިތުންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދީފައި. ކުޅިވަރުގެ މައިދާނުގައި ރަން ވަނަތައް ހޯދުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ސްކޫލް ތެރޭގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދަރިވަރުން ވެސް ހިމެނެމުންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ކަލާސް އެވޯޑު ހޯދާފައިވަނީ ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއެވެ. އެ އެވޯޑުގެ އިތުރުން ވެސް ގިނަ ދަރިވަރުންތަކެއް މިރޭގެ ރަސްމިއްޔާތުގައި އެވޯޑުތައް ހާސިލްކޮށްފައިވެއެވެ.

comment ކޮމެންޓް