އެމްއާރްޑީސީގެ ކުޑަކުދީންގެ ހަވީރަށް ބޮޑު ތަރުހީބެއް!

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުކުރު ދުވަހު ހަވީރު ރަސްފަންނަށް ދިޔައިރު، މުޅި ހިސާބުގަނޑު ވަނީ ކުޑަކުދީން ވަދެ ފުރި ބާރުވެފައެވެ. ހަވީރު 4:00އިން ފެށިގެން އިރުއޮއްސުމާ ހަމައަށް ވެސް މެދުކެނޑުމެއް ނެތި އެތަކެއް އާއިލާތައް ކުޑަކުދީންތައް ގޮވައިގެން ރަސްފަންނަށް ދިޔައީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އިން އިއްޔެ ހަވީރު އެތަނުގައި ބޭއްވި ފޯރިގަދަ "ކިޑްސް ފިއެސްޓާ"ގައި ބައިވެރިވެލުމަށެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން ގުޅިގެން ބޭއްވި، "އެމްއާރްޑީސީ ކިޑްސް ފިއެސްޓާ 2017"އަކީ މިފަހަކަށް އައިސް ރަސްފަންނުގައި ކުރިއަށް ގެންދިޔަ އެންމެ ފޯރިގަދަ ހަފްލާއެވެ. މުޅިން ހިލޭ ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ މި ކުޑަކުދީންގެ ހަވީރަށް އެމްއާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުން ތައްޔާރުކޮށްފައިވާ ތަފާތު ސްޓޯލްތަކަށް ވަދެ ފުރިފައިވާ ގިނަ އަދަދެއްގެ ކުދީންނަށް ބަލައިލުމުން މިކަން ވަރަށް ފުރިހަމައަށް ސާބިތުވެއެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއާރްޑީސީގެ މީޑިއާ ކޯޑިނޭޓަރު ފާތިމަތު މުސްތަފާ ވިދާޅުވީ، އިއްޔެގެ ކިޑްސް ފިއެސްޓާގައި ބައިވެރިވުމަށް އެތަކެއް ސަތޭކަ ކުޑަކުދީންނާއި އެކުދީންގެ އާއިލާގެ މެންބަރުން ޒިޔާރަތްކުރި ކަމަށެވެ. އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާން ބޭނުންވާ، މި ކުންފުނިން އުންމީދުކުރި ވަރުގެ ބޮޑު ތަރުހީބެއް، ދިވެހި ލޮބުވެތި ރައްޔިތުންނާއި ކުޑަކުދީންގެ ފަރާތުން "އެމްއާރްޑީސީ ކިޑްސް ފިއެސްޓާ 2017"އަށް ލިބިގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އެންމެހާ ވެރީންނާއި މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއާރްޑީސީން އިއްޔެ ރަސްފަންނުގައި ބޭއްވި ކިޑްސް ފެއާގައި، އެ ކޯޕަރޭޝަންގެ ޑިޕާޓްމަންޓުތަކުން ތަފާތު 10 ސްޓޯލެއް ބެހެއްޓިއެވެ. އޭގެ ތެރެގައި ކުޑަކުދީންގެ މެދުގައި މަގުބޫލު ކާޓޫން ކެރެކްޓާ ތަކުގެ ތީމްތަކަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި، ފުޓްބޯޅަ، ޕަޒުލް އަދި، ސްނޭކްއެންޑް ލެޑަރ، ވޯލް ކްލައިމްބިންގ ފަދަ ހަރަކާތްތައް ހިމެނޭ ސްޓޯލްތައް ހުއްޓެވެ. މީގެ އިތުރުން މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ހަވީރުގައި، މިއިން ކޮންމެ ސްޓޯލަކަށްވެސް ކުދީން ވަދެ، ހަރަކާތެއްގައި ބައިވެރިވުމުން ކޮންމެ ކުއްޖަކަށްވެސް ތަފާތު ހަދިޔާތައް ދީފައިވެއެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ އިތުރުން، ރަސްފަންނު ސަރަހައްދުގައި އިއްޔެ ވަނީ، އެމްއާރްޑިސީގެ ބައެއް ވެހިކަލް ތައް ދައްކާލައި، އެ ތަކެއްޗަށް އަރައި، އެ އުޅަނދުތަކާއެކު ފޮޓޯނެގުމުގެ ފުރުސަތުވެސް ކުދީންނަށް ދީފައެވެ.

އެމްއާރްޑީސީގެ ކުޑަކުދީންގެ ހަވީރު އިއްޔެ ކުރިއަށް ދިޔައިރު، އެތަނުގައި ބަހައްޓާފައިވާ ކާތަކެތި ވިއްކާ ސްޓޯލުން، އެތަކެތި ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ، ކުޑަކުދީންގެ ހިޔާއަށެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށާއި، މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ބެލެހެއްޓުމުގެ މަގުސަދުގައި މީގެ ހަތް އަހަރު ކުރީން އުފެއްދި ރޯޑް ކޯޕަރޭޝަނުން ބުނީ، ކުރިއަށް އޮތްތާނގައިވެސް އެ ކޯޕަރޭޝަންގެ މިސްރާބު ހުންނާނީ، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުން އެދޭގޮތަށް ކަމަށެވެ. ކުންފުނީގެ ކޮންމެ ކާމިޔާބީއެއްވެސް ފާހަގަކުރާނީ، ރައްޔިތުންނާ އެކު ކަމަށެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ރަސްފަންނުގައި ބޭއްވި ކުޑަކުދިންގެ ހަވީރު "ކިޑްސް ފިއެސްޓާ 2017" ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

comment ކޮމެންޓް