ހުޅުދެލީ ކައިރީ އޮތް ފަޅަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެ

ހުޅުދެލީ ކައިރީ އޮތް ފަޅަކުން ފެނުނު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު --- ފޮޓޯ: ޕޮލިސް

ދ. ހުޅުދެލި ކައިރީ އޮންނަ ފަޅަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަށިގަނޑު ފެނިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑުން ސާމްޕަލް ނެގުމަށް ބޮޑީ މިވަގުތު އޮތީ ފުލުހުންގެ ބެލުުމުގެ ދަށުގައި ކަމަށެވެ.

މިއަދު ހުޅުދެލީ ކައިރީގައި އޮތް ފަޅަކުން ފެނުނު މީހާގެ ހަށިގަނޑު ކައިރީގައި މޫދުގައި މަސަވެރިން ތަކެއް ހަރަކާތްތެރި ވަނީ ---- ސަން ފޮޓޯ: ކިޔުންތެރިއެއް

ފެނުނު ހަށިގަނޑާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވާއިރު އެ މައްސަލަ ތަހްގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

'ސަން' އަށް ލިބިފައިވާ ފޮޓޯތަކުން އޭނާގެ ހަށިގަނޑުގެ އެއްވެސް ބައެއް ފެންނަން ނެތް ނަމަވެސް ލައިގެން ހުރި އެއްޗިއްސަށް ބަލާއިރު ބޮޑަށް ލަފާ ކުރެވެނީ ފިރިހެނެއް ކަމަށެވެ. އަދި އޭނާ އޮތީ ކޮންމެ ވެސް ވަރަކަށް ފުފި ފެން މަތީގައެވެ. އެ މީހަކީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ މީހެއް ކަމެއް ވެސް އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ.

comment ކޮމެންޓް