ތުނޑުފުށީ ރިސޯޓުން ސްނޯކަލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ތުޑުފުށި: އެ ރިސޯޓުން ސްނޯ ކްލީނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން އަންނަނީ ހޯދަމުން ---

އދ. ތުނޑުފުށީ ރިސޯޓުން ސްނޯކަލިންއަށް ދިިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:44 ގައި ކަމަށާއި އެމީހާ ހޯދުމުގެ މަސަތްކަތުގައި ކޯސްޓްގާޑްގެ އުޅަދެއްގެ އިތުރުން ޑައިވަރުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ފަތުރުވެރިއެއް ކަމެށް ހާމައެއް ނުކުރެއެވެ.

އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފްއިން އެދެއެވެ.

comment ކޮމެންޓް