އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ދޮންނަ މެޝިނުގައި ރޯވެ މއ. ފެސިނޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ --- ސަންފޮޓޯ

ރޭ މައްޗަންގޮޅި ފެސިނޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދުވަސްވީ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ފެސިނޭޝަން ގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އެގޭގައި ހުރި ދޮންނަ މެށިނެއްގައި ރޯވެގެންނެވެ.

އައިޖީއެމްއެޗުން ރޭ ބުނެފައިވަނީ އަންހެން މީހާގެ 70 ޕަސެންޓް ފިހިފައިވާ ކަމަށެވެ. ނަމަވެސް ފަހުން ޑޮކްޓަރުން ބަލައި ފަރުވާ ދިނުމަށް ފަހު މިއަދު އައިޖީއެމްއެޗުން ބުނީ އަންހެން މީހާގެ ހަށިގަނޑު ފިހިފައިވަނީ 55 ޕަސެންޓް ކަމަށެވެ.

މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

comment ކޮމެންޓް