Sun Online
އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރުމަށް ފުރި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު --- ފޮޓޯ/ އެފްއޭއެމް
އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރުމަށް ފުރި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު --- ފޮޓޯ/ އެފްއޭއެމް

އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމް ފުރައިފި

އަލީ ރިފްޝާން
ލިޔުނީއަލީ ރިފްޝާން

މި މަހު ތުރުކުމެނިސްތާނުގައި ބާއްވާ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފުރައިފި އެވެ.

މިމަހުގެ 16 އިން ފެށިގެން 26ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމު ރާއްޖެ އިން ފުރާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ގައުމީ ފުޓްސަލް ޓީމު ރޭ ތުރުކުމެނިސްތާނަށް ފުރިއިރު، މަރުހަބާ ކިޔުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އާއި ގައުމީ ޓީމް ކޮމިޓީގެ ޗެއާޕާސަން އަލީ ނާޝިދު (އޮގަރު އައްޔަ) އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ މެންބަރު އަލީ އުމަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ މުބާރާތުގައި ރާއްޖެ ލައްވާލާފައި ވަނީ އަފްޣާނިސްތާނާއި ޗައިނާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އުޒްބަކިސްތާނާ އެކު 'ގްރޫޕް ބީ'ގަ އެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ޔޫއޭއީއާ ދެކޮޅަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ގްރޫޕްގެ އެއް ވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގައި ގައުމީ ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ޓީމު 2004 އަދި 2005 ވަނަ އަހަރު އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެ އެވެ. އޭގެ ފަހުން 2006، 2007 އަދި 2008ގެ ކޮލިފައިންގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖުން ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ގައުމީ ފުޓްސަލް ޓީމު ފީފާ ފުޓްސަލް ވޯލްޑް ކަޕް 2004 އަދި 2008ގެ ކޮލިފައިންގައި ވާދަކުރި ނަމަވެސް، ގްރޫޕް ސްޓޭޖުން ފުރުސަތެއް ލިބިފައެއް ނުވެ އެވެ.

infinity loading...
×
DB released 01.