އިދިކޮޅުގެ ބަޔާނެއްގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައި ވާތީ ފިޔަވަޅު އަޅަނީ

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ެއިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ނެރުނު ބަޔާނެއްގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައިވާތީ އެ ނަން އަނބުރާ ނުނަގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުން ކުއްވެރިކޮށް އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނަން ޕީޕީއެމް ނޫން އެހެން ބަޔަކަށް ބޭނުން ނުކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން ވަނީ އެޕާޓީގެ ނަން ބަޔާނުން ނަގައި އިސްލާހު ކުރުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން ހަސްން ލަތީފަށް ސިޓީއެއް ފޮނުވައިފައެވެ. މިއަދު ތިނެއް ޖެހުމުގެ ކުރިން ނަން ނެގުމަށްވެސް ވަނީ އަންގައިފައެވެ.

ޕީޕީއެމްގެ ނަން ނުނަގައިފި ނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް