ޑިމޮކްރަސީ ދުވަހާ ގުޅިގެން ހުރާގައި ހާއްސަ ދުވުމެއް ބާއްވަނީ

ކ.ހުރާ --

ޑިމޮކްރަސީ ދުވަހާ ގުޅިގެން މާލެ އަތޮޅު ހުރާގައި ހާއްސަ ދުވުމެއް ބާއްވަން އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރަސީ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ބާއްވާ ދުވުން އޮންނާނީ މި މަހުގެ 15ވާ ހުކުރު ދުވަހުއެވެ.

މުޅިން އަލަށް ބާއްވާ އެ ދުވުމާ ގުޅިގެން އެ ކޮމިޝަނުން ބުނީ، އެފަދަ ދުވުމެއް ބާއްވަން ނިންމީ ކ. ހުރާގައި ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެ ރަށުގެ ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރި ކުރުވުމާއި މީޑީއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ޑިމޮކްރަސީގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، އެ ދުވުމުގައި ހުރާގެ ގިނަ އަދެއްގެ ރައްޔިތުންނާއި އެ ރަށު ސަރުކާރު މުވައްޒަފުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.

comment ކޮމެންޓް