ދިގުރަށުން ގޮވާ ޒާތުގެ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

ދިގުރަށުން ގޮވާ ޒާތުގެ އެއްޗެއް ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި --- ފޮޓޯ/ އިއްމަ

އދ. ދިގުރަށުގެ މީހުން ނޫޅޭ ސަރަހައްދުގެ ގޮނޑުދޮށުން ގޮވާ ޒާތުގެ އެއްޗެއް ފެނިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އދ. ދިގު ރަށުގެ ކައުންސިލަރަކު 'ސަން' އަށް ވިދާޅުވީ އެއީ "އެމް 2 އެކްޕްލޯސިވް ޑިވައިސް" އެއް ކަމަށެވެ. އެ ޑިވައިސް ފެނިފައިވަނީ ހެނދުނު އެސަރަހައްދުން ދިޔަ ފުލުހަކަށް ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

މިހާރު މުޅި ސަރަހައްދު ބަންދުކޮށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ހަދާފައިވާ ކަމަށާއި އެކަން އިތުރަށް ބެލުމަށްޓަކައި އެމްއެންޑީއެފްގެ ޓީމެއް އެރަށަށް ދަތުރު ކުރަމުން ދާ ކަމަށްވެސް ކައުންސިލަރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދިގުރަށު ގޮނޑުދޮށުން ގޮވާ ޒާތުގެ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުންވެސް ބުނީ އެފަދަ އެއްޗެއް ފެނިގެން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

comment ކޮމެންޓް