އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް މުހުސިން އައްޔަންކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަޤާމަށް، ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު އައްޔަނު ކުރައްވައިފި އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްވަންދެން މަސައްކަތްޕުޅު ކުރެއްވި މުހުސިނަށް މިނިސްޓަރުގެ ނައިބުކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިއަދު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި މިހާރު ވެސް ނުވަ ބޭފުޅުން ތިއްބަވައެވެ. މުހުސިނާއެކު އެޑިއުކެޝަން މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 10 އަށް އިތުރުވެގެންދާނެ އެވެ.

އެ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު ތިއްބަވަ އެވެ.

ދައުލަތުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ އެވެ.

comment ކޮމެންޓް