ހަތް ހާސް ކުދިންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

އޯލެވެލް އިމްތިހާން މިއަދު ފެށިއިރު، މިއަދު އޮތީ އިސްލާމް މާއްދާގެ ޓެސްޓު --

މި އަހަރުގެ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވާ ކަމަށެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖުމްލަ 256 ސެންޓަރެއްގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ހަދާނެ ކަމަށެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވާއިރު، މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވީ 6،698 ދަރިވަރުންނެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު އިތުރު 803 ދަރިވަރުން އޯވެލެލް އިމްތިހާނުގައި ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވިއިރު، މިދިޔަ އަހަރު އެ އިމްތިހާނުގައި ބައިވެރިވީ 6،107 ދަރިވަރުންނެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު އިތުރު 1،026 ދަރިވަރުން އެސްއެސްސީ އިމްތިހާނުގައި ވަނީ ބައިވެރިވެފައެވެ.

އިމްތިހާނު ފެށިއިރު، މިއަދު އޮތީ އިސްލާމް މާއްދާގެ ޓެސްޓެވެ.

comment ކޮމެންޓް