ޔޫތާއި ޓީއެސްއޭ އިން ފެށުން ރަނގަޅުކޮށްފި

ތިންވަނަ ހޭންޑްބޯލް މޯލްޑިވްސްގެ ތެރެއިން: އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމެއް ވާދަކުރޭ --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ތިންވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފެށުން ޔޫތު ސްޕޯޓްސް ކްލަބާއި ޓީ-ރެކްސް އެކަޑަމީ (ޓީއެސްއޭ) އިން ރަނގަޅުކޮށްފިއެވެ.

ފިރިހެން ޑިވިޝަންގެ މެޗުތަކާއެކު ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ރޭ ވަނީ ފަށައިފައެވެ.

މާފަންނު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔޫތާއި ދިވެހި ސިފައިން ކްލަބު (ޑީއެސްސީ)އެވެ. އެ މެޗުގައި ޑީއެސްސީގެ މައްޗަށް ޔޫތު ކުރި ހޯދީ 27-22 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތުގެ އަހްމަދު ސައިފް ނައީމެވެ.

ތިންވަނަ ހޭންޑްބޯލް މޯލްޑިވްސްގެ ތެރެއިން: އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމެއް ވާދަކުރޭ --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

އެ މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޓީއެސްއޭއާއި ލަޔަންސްއެވެ. އެ މެޗުގައި ލަޔަންސްގެ މައްޗަށް ޓީއެސްއޭއިން ކުރި ހޯދީ 16-12 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީއެސްއޭގެ ޝައުޝާދު ޒަމީރެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ފަސް ޓީމަކުން ވާދަކުރެއެވެ. އެއީ ލަޔަންސްއާއި ޓީއެސްއޭއާއި ޔޫތާއި ޕޮލިސް އަދި ޑީއެސްސީއެވެ. މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ.

comment ކޮމެންޓް