ކަނިފިނޮޅު ރިސޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ކަނިފިނޮޅު ރިސޯޓުގެ މޫދު ކޮޓަރިއެއް --- ފޮޓޯ/ އީޒީވޮޔޭޖް

ކުލަބް މެޑް ކަނިފިނޮޅު ރިސޯޓުގައި ހުރި ދެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކ. އަތޮޅުގައި ހިންގަމުން އަންނަ ކަނިފިނޮޅުގައި ހުރި ދެ ކޮޓަރި އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:25 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެ ރިސޯޓުގައި މިހާރު އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއީ ކިހާވަރެއްގެ އަލިފާނުގެ ހާދިސާއެއް ކަމެއް އަދި ހާދިސާގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

comment ކޮމެންޓް