ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ އެ ދެ ބޭފުޅުންގެ ބަންދަށް އިތުރުކުރީ 15 ދުވަހެވެ.
އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައިގެ ތުހުމަތުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރޭގައި ސައުދާއި އަމީތު ވެެސް ހިމެނިވަޑައިގަންނަވައެވެ.
އެ ދެ ބޭފުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އަދި މިހާރު ވަނީ އެ މައްސަލައިގެ ޝަރީއަތް ވެސް ފަށާފައެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމައަށް ވަނީ ތާވަލްކޮށްފައެވެ.