އަންނަ މަހުގެ ފިލްމުތަކަށް ބެލުންތެރީންގެ ބޮޑު އިންތިޒާރެއް!

އަންނަ މަހު ރިލީޒް ކުރާ ފިލްމްތަކުން ބެލުންތެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެ

މިއަހަރު ނިކުތް ބޮލީވުޑްގެ ބައެއްފިލްމް ތަކަށް ބެލުންތެރީން ފޮނި އުންމީދުތަކެއް ކުރިނަމަވެސް އެ ފިލްމުތަށް ވަނީ ބެލުންތެރިން މާޔޫސްކޮށްލައިފައެވެ.

ބެލުންތެރީން އެންމެ އިންތިޒާރުކޮށްގެން ތިބި، ކަބީރް ހާން ލިޔެ ޑައިރެކްޓްކޮށް ސަލްމާން ހާން އެކްޓްކޮށްފައިވާ ފިލްމް ޓިޔުބްލައިޓް ބެލުންތެރިން މާ ބޮޑަށް ބަލައިގަނެފައެއް ނުވެއެވެ. މީގެ އިތުރުން އިމްތިއާޒް އަލީ ޑައިރެކްޓްކޮށް ޝާހްރުކް ހާން އަދި އަނުޝްކާ އެކްޓްކޮށްފައިވާ ފިލްމް އޮގަސްޓް 2ގައި ރިލީޒްކޮށްފައިވާއިރު މި ފިލްމަށްވެސް ބެލުންތެރިންގެ މެދުގައި މާބޮޑު ތަރުހީބެއް ލިބިފައެއް ނެތެވެ.

މި ފިލްމްތަކުން ބެލުންތެރިންގެ ހިތްހަމަޖައްސައި ނުދެވުނުކަމުގައި ވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި ރިލީޒްކުރާން ހުރި ފިލްމުތައް ވެގެންދާނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާނެ ފިލްމް ތަކެއްކަމުގައި ޝައްކެއްނެތެވެ. އެގޮތުން ރަޖަތް އަރޯރާ ލިޔެ، މިލާން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ، އަޖޭދޭވްގަންގެ ބާދްޝާއޯ އަކީ ބެލުންތެރިން އެ ފިލްމަކާމެދު ފޮނި އުންމީދުތަކެއް ކުރަމުންއަންނަ ފިލްމެކެވެ. މި ފިލްމް އަންނަ ސެޕްޓެމްބަރ 1 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަހަކަށްއައިސް ބޮލީވުޑްގައި އެންމެންގެ ލޯބި ހޯދަމުން އަންނަ އަދި ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ތަރީންގެ ތެރޭގައި ހިމެނޭ ކަންގަނާ ރޯނަތުގެ ފިލްމް ސިމްރަން ވެސް އަންނަ ސެޕްޓެންބަރު 15 ގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމަކީ ހަންސަލްމެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނައިރު މި ފިލްމް ވެގެންދާނީ މި އަހަރު ނިކުންނަ އެންމެ ކާމިޔާބު އެއްފިލްމްގެ ގޮތުގައިވެސް ރިޕޯޓްތަށް ބުނެއެވެ.

ޖަލުގައި ދުވަސްތަކެއް ހޭދަކޮށް، 2014 ވަނަ އަހަރަށްފަހު ސަންޖޭދަތުގެވެސް މުޅިން އާ ފިލްމެއްކަމަށްވާ "ބޫމީ" ސެޕްޓެމްބަރ 22 ވަނަދުވަހު ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ. ގިނަ ދުވަސްތަކަކަށްފަހު ސަންޖޭދަތުގެ ފިލްމެއް ސްކްރީންތަކަށް އަންނާތީވެ ސަންޖޭދަތަށް ސަޕޯޓްކުރާ ބެލުންތެރިން ތިބީ ވަރަށްވެސް އުފަލުންނެވެ. މި ފިލްމަކީ އޮމަންގ ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކުރިން ރިލީޒްކޮށްފައިވާ ބައެއް ފިލްމްތަކުން ބެލުންތެރިންގެ ހިތްހަމަ ޖައްސައި ނުދެވުނުކަމުގައިވިޔަސް ކުރިއަށް ހުރި މި ފިލްމް ތަކަކީ ހަމަގައިމުވެސް ބެލުންތެރިންގެ މޫނުމަށްޗަށް ހިނިތުންވުން ގެނެސްދޭނެ ފިލްމްތަކެއްގެ ކަމުގައި ރިޕޯޓްތަށް ބުނެއެވެ.

comment ކޮމެންޓް