އެޗްއެސްބީސީގެ މާލީ ފައިދާ އިތުރުވެ، ކުންފުނީގެ ޔޫކޭ ގޮފި ރިންގް-ފެންސްކުރަނީ

ޔޫރަޕުގެ އެންމެ ބޮޑު ބޭންކު އެޗްއެސްބީސީއަށް އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ފައިދާ ހީކުރިވަރަށްވުރެ ބޮޑު ވުމުގެ ސަބަބުން އެކުންފުނީގެ ޔޫކޭ ގޮފި ރިންގް-ފެންސް ކުރަން ނިންމައިފިއެވެ.

އެޗްއެސްބީސީގެ ޕްރީ-ޓެކްސް ފައިދާ ވަނީ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފަސް ޕަސެންޓް އިތުރުވެފައެވެ. އެއީ 10.2 ބިލިއަން ޔޫއެސް ޑޮލަރުގެ އަދަދެކެވެ.

މީގެ އިތުރުން އެޗްއެސްބީސީން ވަނީ އެކުންފުނީގެ ހިއްސާތައް އަލުން އަނބުރާ ގަތުމަށް މަސައްކަތްކުރަމުންދާ ކަމުގައި އިއުލާނުކޮށްފައެވެ. މިއާއެކު ކުންފުނީގެ ހިއްސާގެ އަގުވަނީ ތިން ޕަސެންޓް މަތިވެފައެވެ.

އަދި އެޗްއެސްބީސީން ވަނީ އެކުންފުނީގެ ޔޫކޭ ގޮފި ކުންފުނީގެ މައި އިދާރާގެ ހިންގުމުގެ ދަށުން ވަކިކޮށް، ވަކިން ކެޕިޓަލެއް އެބޭންކަށް ކަނޑައަޅައި ހިންގާ ގޮތަށް ހަމަޖެއްސުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.

މިގޮތަށް ޔޫކޭގެ އެޗްއެސްބީސީގެ ގޮފި އެއްކޮށް ރިންގް-ފެންސް ކުރުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރުގެ ނިޔަލަށެވެ.

comment ކޮމެންޓް