އެޗްއެސްބީސީގައި ހުރި ބޭނުން ނުކުރާތާ ފަސް އަހަރުވީ އެކައުންޓެއްގެ މައުލޫމާތު އާއްމުކޮށްފި

އެޗްއެސްބީސީ ރާއްޖޭގެ ބްރަންޗު ހުންނަ އިމާރާތް --

އެޗްއެސްބީސީގައި ހުރި މުއާމަލާތް ނުކުރާތާ ފަސް އަހަރުވީ އެކައުންޓެއް ނުވަތަ ޑޯމަންޓް އެކައުންޓެއްގެ މައުލޫމާތު އެ ބޭންކުން މިއަދު އާންމުކޮށްފިއެވެ.

އެޗްއެސްބީސީއިން ގެޒެޓު ކުރި އިއުލާނެއްގައިވާ ގޮތުން، ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅަން ރާއްޖޭގެ ބޭންކިން ގަވާއިދުތަކުގައި ބުނެފައިވެއެވެ. އަދި އެގޮތަށް ކަނޑައަޅާނީ އެ މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ނަމައެވެ.

އެޗްއެސްބީސީން މިއަދު ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޓްރައިޓެކްސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ އެކައުންޓެކެވެ. އަދި އެ އިއުލާނުގައި ވަނީ ޑޯމަންޓް އެކައުންޓުގެ ތަފްސީލު، އެ ކަސްޓަމަރު އެންމެ ފަހުން ދީފައިވާ އެޑްރެހަށް ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރު ބޭންކާ ގުޅުމަށް އެދޭ ކަމަށެވެ.

އެ މައުލޫމާތު އާންމު ކުރާތާ 60 ދުވަސް ފަހުންވެސް ފައިސާއާ ހަވާލު ނުވާ ނަމަ، ބޭންކިން ގާނޫނުތަކުގައިވާ ގޮތުގެ މަތިން، އެ އެކައުންޓުގައިވާ ފައިސާ މަރުކަޒީ ބޭންކާ ހަވާލު ކުރާނެ ކަމަށް އެޗްއެސްބީސީއިން ބުންޏެވެ.

comment ކޮމެންޓް