ނޭމާގެ ލަނޑުން ޔުނައިޓެޑްގެ މައްޗަށް ބާސާ ކުރި ހޯދައިފި

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބާސާއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ނޭމާގެ ލަނޑުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފިއެވެ.

އެމެރިކާގައި ރޭ ކުޅުނު އެ މެޗުގައި ޔުނައިޓެޑްގެ މައްޗަށް ބާސާއިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބާސާއިން ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒް އަދި ނޭމާ ފެނިގެންދިޔައިރު، ޔުނައިޓެޑުން ރޮމެލޫ ލުކާކޫއާއި ޕައުލް ޕޮގްބާ ފެނިގެންދިޔައެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބާސާއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ބާސާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 12 ވަނަ މިނެޓުގައި މެސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެސީ ފޮނުވާލި އެ ހަމަލާ، ޔުނައިޓެޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އޭގެ ތިން މިނެޓް ފަހުން ޔުނައިޓެޑުން ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ޔުނައިޓެޑްގެ ޕޮގްބާ 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ބާސާގެ ގޯލްކީޕަރު ޖެސްޕާ ސިލެސެންއެވެ. އެ ހަމަލާއަށްފަހު މާކަސް ރަޝްފާޑު ފޮނުވާލި ހަމަލާ ވެސް ބާސާގެ ކީޕަރު ސިލެސެން ވަނީ މަތަކޮށްފައެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބާސާއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 31 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ތަރި ނޭމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެސީ ދިން ބޯޅައެއް ޔުނައިޓެޑް އެންޓޯނިއޯ ވެލެންސިއާއަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ލިބުނު ފުރުސަތުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައިރު، ބާސާއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޔުނައިޓެޑްގެ އެންތޮނީ މާޝިއަލްއަށް ލިބުނު ހުސް ފުރުސަތެވެ.

comment ކޮމެންޓް