މުޒާހަރާ ކަވަރު ކުރަން އުޅެނިކޮށް ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލައިފި

މުޒާހަރާއެއް ކަވަރު ކުރަން އުޅުނު ކެމެރާމަނަކު ދުރަށް ޖެއްސުމަށް ފުލުހަކު މަސައްކަތް ކުރަނީ-- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރުމުގައި އުޅެނިކޮށް، ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލައިފިއެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމުގައި ހަތް ނޫސްވެރިއަކު ހައްޔަރުކުރީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. ހައްޔަރު ކުރީ ރާއްޖެޓީވީ ނޫސްވެރިންނާއި ސަންގުޓީވީގެ ނޫސްވެރިންތަކެކެވެ.

އެ ނޫސްވެރިން ދޫކޮށްލީ ހައްޔަރުގައި ބޭތިއްބުމަށްފަހު، ދެ ގަޑިއެއްހާއިރު ފަހުންނެވެ.

ރާއްޖެޓީވީން ބުނީ އެ ސްޓޭޝަންގެ ނޫސްވެރިން ހައްޔަރުކުރި ވަގުތު، އެ ނޫސްވެރިންގެ އަތުގައި ހުރި ލައިވްކުރަން ގެންގުޅޭ އާލާތްތަކަށް ެގެއްލުންވެފައިވާ ކަމަށެވެ.

ހައްޔަރު ނޫސްވެރިންނަކީ ރާއްޖެޓީވީގެ ނޫސްވެރިޔާ ވިސާމާއި މުރުޝިދު އަދި ކެމެރާމަން މަމްދޫހެވެ. ދެން ހައްޔަރު ކުރީ ސަންގު ޓީވީ އަށް ނިސްބަތްވާ ވީޑިއޯ ޖާނަލިސްޓުން ކަމަށްވާ ޔާމީން އާއި ޝަނޫން އާއި ޖަނާހު އަދި ރިއްފަތެވެ.

ހައްޔަރުކުރި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހަތް ނޫސްވެރިއަކު ހައްޔަރު ކުރި އިރު، އެ ނޫސްވެރިން ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަވަރު ކުރަމުން ދަނިކޮށް ކަމަށްވީ ނަމަވެސް އެމީހުން ހައްޔަރުކުރި ސަރަހައްދަކީ މީހުން އެއްވެފައި އޮތް ސަރަހައްދެއްވެސް ނޫނެވެ.

comment ކޮމެންޓް