ކޮންމެ އަހަރަކު ބާއްވާ ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްގައި މިއަހަރު، ސަން ސިޔާމް ގްރޫޕުން ރާއްޖޭގައި ހިންގާ "ސަން އަކުއާ ވިލުރީފް" ރިސޯޓަށް ޝަރަފުވެރި ފަސް އެވޯޑު ލިބިއްޖެ އެވެ.
ވިއެޓްނާމްގެ ޖޭޑަބްލިއު މޭރިއަޓް ހެނޯއީ ހޮޓެލްގައި ބޭއްވި ވޯލްޑް ލަގްޝަރީ ސްޕާ އެވޯޑު ހަފްލާގައި ވިލުރީފަށް ލިބިފައި ވަނީ އިންޑިއާ ކަނޑުގެ އެންމެ ލަގްޒަރީ ހައިޑްއަވޭ ސްޕާ ހުންނަ ރިސޯޓުގެ އެވޯޑާއި އިންޑިއާ ކަނޑުގެ އެންމެ ލީޑިން ޑެސްޓިނޭޝަން ސްޕާގެ އެވޯޑެވެ.
އޭގެ އިތުރުން އެ އެވޯޑުގެ މޯލްޑިވްސް ލަގްޒަރީ ބުޓިކް ސްޕާގެ އެވޯޑުގެ އިތުރުން މޯލްޑިވސް ލަގްޒަރީ ވެލްނެސް ސްޕާގެ އެވޯޑުގެސް ވަނީ އެ ރިސޯޓަށް ލިބިފަ އެވެ.
ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްގައި ހަތަރު އެވޯޑު ވިލުރީފަށް ލިބުނު އިތު ވޯލްޑް ރަގްޒަރީ ރެސްޓޯރެންޓް އެވޯޑްސްގައި އެ ރިސޯޓުގައި ހިންގާ "ދަ ވެލްޑަން އެޓް އެސްއޭވީއާރު" ރެސްޓޯރެންޓަށް ވަނީ އިންޑިއާ ކަނޑުގެ އެންމެ ލަގްޒަރީ ސީފުޑް ރެސްޓޯރެންޓުގެ އެވޯޑުވެސް ލިބިފަ އެވެ.
މި އެވޯޑުތައް ލިބުމާ ގުޅިގެން ވިލުރީފްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ވިދާޅުވީ، އެ އެވޯޑުތައް ރިސޯޓަށް ލިބިފައި ވަނީ އެ ރިސޯޓުގެ މާކެޓިން ޓީމާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެކަން ފާހަގަ ކުރައްވައި އޭނާ ވަނީ މުވައްޒަފުންނަށާއި މާކެޓިން ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވައިފަ އެވެ.