އިސްލާމްދީން ގަބޫލުކުރި އިންޑިއާ މީހާ މަރާލުމުން އޭނާގެ މުޅި އާއިލާ އިސްލާމް ވެއްޖެ

އަނިލް ކުމާރު : އިސްލާމްދީނަށް ވަނުމުން ހިންދޫންގެ ބަޔަކު އޭނާ ވަނީ މަރައިލައިފައި

އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ވަކާލާތުކުރާ އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު މިއިން ޒަމާނަކު ވެސް ނުދެކޭ ވަރަށް ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ.

ގިނަބަޔަކު ދެކޭގޮތުގައި އިންޑިއާ ގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުންނެވެ. މޯދީއަކީ 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުމުގެ ހާދިސާގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވިފައިވާ ފަރާތެކެވެ.

އިންޑިއާގެ ހަރުކަށި ހިންދޫން ( އާރްއެސްއެސް) ގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާއިރު، އާރުއެސްއެސްއިން މީގެ އަށްމަސް ކުރިން ވަނީ ކެރެލާގެ ހިންދޫމީހަކު އިސްލާމްވުމުން އޭނާ ގަޔަށް ވަޅި ހަރަައި މަރައިލައިފައެވެ.

އުމުރުން އެންމެ ތިރީސް އަހަރުގެ އަނިލް ކުމާރުގެ މަރަށްފަހު އޭނާގެ މުޅި އާއިލާ އިސްލާމްދީންއަށް ވަދެފިކަމަށް އޭނާގެ އާއިލާއާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ޑެކަން ކްރޮނިކަލް އިން ވަނީ ބުނެފައެވެ.

އަނިލް މަރާލިތާ ކުޑަ ދުވަސްކޮޅެއް ތެރޭ އޭނާގެ މަންމަ ވަނީ އިސްލާމްވެފައެވެ. އަދި އޭނާގެ ދެ ދައްތައާއި ، ޅިޔަނު އަދި އޭނާގެ ފަސްދަރިން ވަނީ މީގެ ދެހަފްތާ ކުރިން އިސްލާމް އިސްލާމްދީންގެ އަސާސުތައް ދަސްކުރަން ފަށާފައިކަމަށް އެނޫހުން ބުނެފައިވެއެވެ.

އަނިލްގެ މަރުގެ މައްސަލައިގައި އިންޑިއާގެ ފުލުހުން ވަނީ ހަރުކަށި ހިންދޫންގެ ސޯޅަ މީހަކު ހައްޔަރުކޮށް ފައެވެ. ނަމަވެސް ކަފާލާތުގެ ދަށުން އެމީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.

ފަހަކަށް އައިސް އިންޑިއާގެ ހަރުކަށި ހިންދޫން ދޭ ހަމަލާތަކުގައި މަރުވާ މުސްލިމުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ގިނަ މުސްލިމުން މަރާލައިފައިވަނީ ގެރިމަސްކާ ކަމުގެ ތުހުމަތުގައެވެ.

comment ކޮމެންޓް