ބައި-އިލެކްޝަން ބާއްވާ ދާއިރާތަކަށް ޕީޕީއެމުން ކެމްޕޭން ދަތުރުތަކެއް ފަށައިފި

ބައި އިލެކްޝަންސް ބާއްވާ ދާއިރާތަކަށް ޕީޕީއެމްގެ މެމްބަރުން ދަތުރުތައް ވަނީ ފަށާފައި --- ފޮޓޯ/ ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ހަތަރު ދާއިރާގެ ރަށްތަކަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ކެމްޕޭން ދަތުރުތައް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ބައި އިލެކްޝަންސް ބާއްވާ ދާއިރާތަކަށް ޕީޕީއެމްގެ މެމްބަރުން ދަތުރުތައް ވަނީ ފަށާފައި --- ފޮޓޯ/ ޕީޕީއެމް

ބައި- އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އަދި ވިލިގިލި ދާއިރާގައެވެ.

މިއަދު ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުން އަދި ޕީޕީއެމްގެ އިސްވެރިން ވަނީ ބައި އިލެކްޝަން އިއުލާނުކޮށްފައިވާ ދާއިރާތަކަށް ދަތުރުތައް ފަށާފަ އެވެ.

ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މިނިސްޓަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ހިމެނިވަޑައިގަންވަ އެވެ.

ނަމަވެސް އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ޕީޕީއެމުން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ބައި އިލެކްޝަންސް ބާއްވާ ދާއިރާތަކަށް ޕީޕީއެމްގެ މެމްބަރުން ދަތުރުތައް ވަނީ ފަށާފައި --- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމުން ކެމްޕޭން ދަތުރުތައް ފަށާފައިވާއިރު ގޮނޑި ގެއްލުނުކަން އިލެކްޝަނުން ކަނޑައެޅި ދާއިރާތަކުގެ މެމްބަރުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.

ހަތަރު މެމްބަރެއްގެ ގޮނޑު ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑު ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ އެވެ.

comment ކޮމެންޓް