ފަޅު ރަށަކަށް ގޮސް އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި ދެމީހަކު ފިހިއްޖެ

ފިހުނު މީހުން ގދ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަނީ --- ފޮޓޯ/ ފޭސްބުކް

ގދ އަތޮޅު ފަޅުރަށަކަށް އޯވަ ނައިޓަށް ދަތުރުގޮސް އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 19:30 ހާއިރު ފަޅު ރަށަކަށް ދިޔަ ބަޔަކު ފިހިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެމީހުންނަށް ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފިހިގެން ހޮސްޕިޓަލަށް ގެންދިޔައީ ގދ ތިނަދޫއަށް ނިސްބަތްވާ ދެމީހުން ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

ފިހުނު މީހުން އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަނީ --- ފޮޓޯ/ ފޭސްބުކް

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު އައިިމިނަތު އަބްދުލް ހަކީމް 'ސަން' އަށް ވިދާޅުވީ ފިހިގެން ގެންދިޔަ ދެމީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ޑޮކްޓަރާ ހަވާލާދީ އޭނާ ވިދާޅުވީ ފިހުނު މީހުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.

"ދެމީހުންގެ ތެރެއިން އެކަކު 15 ޕަސެންޓް ވަރު ފިހިފައިވަނީ. ޑޮކްޓަރު ވިދާޅުވީ ސީރިއަށް ނޫން ކަމަށް" އައިމިނަތު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ ދަތުރުގޮސް މަޖާ ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ނަގީނެއް ނޫނެވެ.

comment ކޮމެންޓް