ވެކޭޝަންސް އެކްސްޕޯގެ އުމްރާ ދަތުރުގެ ނަސީބުވެރިއަކީ އައިޝަތު ދިޔެ!

ވެކޭޝަންސް އެކްސްޕޯގެ އުމްރާ ދަތުރު ލިބުނު ފަރާތާ އިނާމު ހަވާލު ކުރަނީ -- ފޮޓޯ: ހައިރައިޒް

މިލިއަނެއްހާ ރުފިޔާގެ އަގުހުރި ޓްރެވަލް އިނާމުތަކާ އެކު ހައިރައިޒުން އިންތިޒާމުކޮށްގެން ބޭއްވި ވެކޭޝަންސް އެކްސްޕޯގައި މުސާފިރީން އުމްރާ ގްރޫޕުން ހުށަހެޅި އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް އައިޝަތު ދީދީ (އައިޝަތު ދިޔެ) ހޮވިއްޖެއެވެ.

ހައިރައިޒުން ވަނީ މިހާރު އެމީހާއާ އިނާމު ހަވާލުކޮށްފައެވެ.

މުސާފިރީން އުމްރާ ގްރޫޕުގެ މާކެޓިން ޑިރެކްޓަރު، އިސްމާއިލް މާޒިން ވިދާޅުވީ އެ އިނާމު ލިބުނު ފަރާތް އުމްރާއަށް ގެންދާނީ އަހަރުގެ ފަހުކޮޅުގައި އޮންނަ ޑިސެމްބަރު މަހުގެ އުމްރާއަށް ކަމަށެވެ. އަދި އެ ދަތުރުގައި މައްކާ އާއި މަދީނާގައި އުމްރާ ކުރެވޭނެ ކަމަށްވެސް މާޒިން ވިދާޅުވިއެވެ.

ވެކޭޝަންސް އެކްސްޕޯއަށް މުސާފިރީން އުމްރާ ގްރޫޕުން އުމްރާ ދަތުރެއް ހުށަހެޅި އިރު އާންމުކޮށް އެގްރޫޕުން އުމްރާ ދަތުރުތަކަށް މީހުން ގެންދަނީ 25،000 ރުފިޔާ އެވެ.

މިއަހަރުގެ ވެކޭޝަންސް އެކްސްޕޯގައި މިލިއަނެއްހާ ރުފިޔާގެ އަގުހުރި ޓްރެވަލް އިނާމުތައް ހުށަހަޅާފައިވާއިރު، އެ މައުރަޒު ވެގެން ދިޔައީ މިދިޔަ އަހަރުގެ އެކްސްޕޯއާ އަޅާބަލާއިރު ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރި މައުރަޒަކަށެވެ.

comment ކޮމެންޓް