ނައޯލްގެ "ޑެސްޕަސީޓޯ" ލަވަ ވިދާލައިފި

ނައޯލް ހާމަން "ޑެސްޕަސީތޯ"ގެ އާވާޝަންގެ މަންޒަރެއްގެ ތެރެއިން

އަޑޭލްގެ "ހަލޯ"ގެ ކަވާ ލަވަ ނެރެގެން މަޝްހޫރުވި ފަލަސްތީނުގެ ކުއްޖާ މަތިން ހަނދާން އެބަހުރިހެއްޔެވެ؟ ނައޯލް ހާމަން އަނެއްކާ ވެސް މިވަނީ ގިނަ ބައެއްގެ ޖާދޫގައި ޖައްސައިފަ އެވެ.

ނަމަވެސް މިފަހަރު އިނގިރޭސި ލަވައެއް ކިޔައިގެންނެއް ނޫނެވެ. މިހާރު އެންމެންގެ ހިތްތައް ފަތަހަކޮށްފައިވާ ސްޕެނިޝް ލަވަ "ޑެސްޕަސީޓޯ"ގެ އާވާޝަނެއް ނެރެގެންނެވެ.

މީގެ ކުރިން ނައޯލް ނެރުނު ލަވައަކީ އަޑޭލްގެ 'ހަލޯ" އާއި ލުބުނާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފައިރޫޒުގެ "ކައިފަކް އަންތާ" އެއްކޮށްލައިގެން ކިޔާފައިވާ ލަވައެކެވެ.

މިފަހަރު ވެސް ނައޯލްވަނީ "ޑެސްޕަސީޓޯ"އާއި އެހެން ލަވަޔަކާ އެއްކޮށްލައިގެން އާވާޝަނެއް ނެރެފަ އެވެ. މިފަހަރުގެ ލަވައިގައި ހިމަނާފައި ވަނީ އަހްމަދު އަލްމުސޮއްލީގެ އަޙީރަން ގަލްހާގެ ބައެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު ނެރުުނު ސްޕޭނިޝް ލަވަ "ޑެސްޕަސީތޯ" ލަވައަށް ދަނީ މިއިން ޒަމާނަކު ވެސް ނުލިބޭ ފަދަ ތަރުހީބެއް ލިބިމުންނެވެ. އެންމެ ހަ މަސް ދުވަސްތެރޭ 2.5 ބިލިއަން ފަހަރު ޔޫޓިއުބުގައި މިލަވަ ބަލައިފައިވާ އިރު މިއީ ރެކޯޑެކެވެ. ބެލެވޭ ގޮތުގައި މިލަވަ ކުޑަ ދުވަސްކޮޅެއް ތެރޭ އެންމެގިނައިން ޔޫޓިއުބުން ބަލައިފައިވާ ލަވައަށް ވެގެންދާނެ އެވެ.

comment ކޮމެންޓް