ފަތްތޫރަ އެޕްލިކޭޝަން އަންނަ މަހު ތައާރަފް ކުރަނީ

ފަތްތޫރަތަކެއް-- އެކެޑަމީއިން ވަނީ އެޕްލިކޭޝަނެއް ހަދަން ނިންމާފަ--

ދިވެހި ތާރީހާއި ބަހުގެ މައުލޫމާތު ހިމެނޭގޮތަށް ނެރެމުން އަންނަ ފަތްތީރައިގެ އެޕްލިކޭޝަން ހެދުމަށް ދިވެހި ބަހުގެ އެކެޑަމީއިން ނިންމައިފިއެވެ.

ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު ސަން އަށް ވިދާޅުވީ 300 އެއްހާ ފަތްތޫރަ ހިމެނޭގޮތަށް ފަތްތޫރަ އެޕްލިކޭޝަން އަންނަ މަހުގެ ކުރީކޮޅު ނެރެން ނިންމާފައިވާ ކަމަށެވެ.

"އޭރުން އޮންލައިންކޮށް ކިޔާލެވޭނެ. އެޕްލިކޭޝަން މިހަދަނީ ސުރުހީއާއި ލިޔުންތެރިންގެ ނަން ހޯދައިގެންވެސް ލިޔުންތައް ބެލޭގޮތަށް،" އަޝްރަފް ވިދާޅުވިއެވެ.

ފުރަތަމަ ނެރެން ނިންމާފައިވަނީ އެންޑްރޮއިޑް އެޕްލިކޭޝަން ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި އެޕަލް އެޕްލިކޭޝަންވެސް ތައާރަފް ކުރެވޭނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ފަތްތޫރަ އަކީ ބަހުގެ އެކެޑަމީއިން އިން މަހަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ. މި މަޖައްލާގައި ތާރީޚާއި ބަހާ ބެހޭ ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިޔެފައި ހުރެއެވެ. އަދި ޅެންވެރިކަމުގެ ތަފާތު ބާވަތްތައްވެސް ހިމެނެއެވެ.

comment ކޮމެންޓް