އެޑިއުކޭޝަން މިނިސްޓަރުގެ އެޑްވައިޒަރުކަމުން ޒާހިރު ހުސައިން ވަކިކޮށްފި

ޑރ. މުހައްމަދު ޒާހިރު ހުސައިން

އެޑިއުކޭޝަން މިނިސްޓްރީގެ އެޑްވައިޒަރު ކަމުން ޑރ. މުހައްމަދު ޒާހިރު ހުސައިން ވަކިކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވަނީ ޒާހިރު ހުސައިން އެ މަގާމުން ވަކިކުރައްވައި އޭނާ އަށް އެކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

ޒާހިރު ހުސައިން މަގާމުން ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ. ދެހާސް ބާރަ ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޒާހިރު ހުސައިން އައްޔަންކުރައްވައިފަ އެވެ.

އޭގެ ފަހުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޒާހިރު ހުސައިން އައްޔަން ކުރެއްވުމަށް ފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެ މަގާމުން އޭނާ ވަކިކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ އެޑްވައިޒަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.

comment ކޮމެންޓް