މަޝްހޫރު ލަވަކިޔުންތެރިޔާ ރޮބިން ތީކް ބާ އަތޮޅު 'ފިނޮޅު'ގައި ޝޯވް ހުށަހަޅައިދެނީ!

ޕޮޕް ލަވަކިޔުންތެރިޔާ ރޮބިން ތީކް ---

ބާ އަތޮޅަށް ނިސްބަތްވާ ރިސޯޓެއް ކަމަށްވާ 'ފިނޮޅު'ގައި ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ރޮބިން ތީކް، މި ޖުލައި މަހު ޝޯވް ހުށަހަޅައިދިނުމަށްވަނީ ހަމަޖެހިފައެވެ.

ބާ އަތޮޅު 'ފިނޮޅު'ގައި މިއަހަރުގެ ޖުލައި މަހު 28 ގައި ފެށޭ އެރިސޯޓްގެ '1 އޯކް އައިލެންޑް' ފެސްޓިވަލްއަކީ ކޮންމެ އަހަރެއްގައި އެރިސޯޓްގައި ކުރިޔަށްދާ ސަމާ ބީޗް އެކްސްޓްރަވެގެންޒާ އެކެވެ.

ބާ އަތޮޅު 'ފިނޮޅު' ރިސޯޓް --- ފޮޓޯ: ވިޒިޓްމޯލްޑިވްސް

ތަފާތު އެތައް ހަރަކާތްތަކެއް އެކުލެވޭ މި ހަފްލާއަކީ ތިން ދުވަހަށް ދިގުދެމިގެންދާ ހަފްލާއަކަށްވާއިރު މިއީ މިރިސޯޓްގެ ހުރިހާ އުމުރުފުރައެއްގެ ގެސްޓުންނަށް ހާއްސަކޮށްގެން އެންމެންނަށް ބައިވެރިވެވޭނެ ހަރަކާތްތަކެއް އެކުލެވޭ ހަފްލާއެކެވެ.

comment ކޮމެންޓް