ތިން ގައުމަކަށް އިންޑިއާ އިން ގެރިމަސް އެތެރެކުރުން ހުއްޓާލުމަށް ޕެޓިޝަނެއް ހުށައަޅައިފި

ގެރީގެ މައްސަލައެއްގައި ހިންދޫންގެ ހަރުކަށި ގްރޫޕްކުން މުސްލިމަކަށް ހަމަލާދެނީ

އިނގިރޭސިވިލާތާއި އެމެރިކާ އަދި ކެނެޑާއަށް އިންޑިއާ އިން ގެރިމަސް އެތެރެކުރުން ވަގުތުން މަނާ ކުރުމަށް އެދި ކައުންސިލް ފޯ ޕްރޮޓެކްޝަން އޮފް ސިވިލް ރައިޓްސްއިން ޗޭންޖްއޯގް އަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.

އިިންޑިއާގައި ގެރީގެ މައްސަލާގައި "މޮބްތަކުން" ނުކުމެ މީހުންނަށް ހަމަލާދީ މަރާތީ އެކަން ހުއްޓުވުމަށް އެގައުމުތަކުން އިންޑިއާ އަށް ބާރު އެޅުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

"އިންޑިއާގެ ހައްދުފަހަނަ އަޅައިފައިވާ ސަރުކާރު އަދި ސަރުކާރުން ވާގިވެރިވާ ޖަމިއްޔާތަކުން ކުރަމުންދާ އަނިޔާވެރި އަދި ގައުމުގައި ހަމަނުޖެހުން އުފެދޭ މައްސަލަތަކާ މެދު ކަންބޮޑުވާކަން އަހަރުމެން ދުނިޔެއަށް އަންގަންބޭނުން،" އެޕެޓިޝަނުގައި ބުނެފައިވެ އެވެ.

އަދި އެ ޕެޓިޝަނުގައި އިންޑިއާގައި ގެރީގެ މައްސަލާގައިދޭ ހަމަލާތައް އިތުރުވެ މީހުން މަރުވަމުންދާތީވެ އިންޑިއާ އަށް ދަތުރުކުރާ މީހުނަށް ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް "ޓްރެވަލް އެޑްވައިޒަރީ" ނެރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

އެ ޕެޓިޝަން އެޑްރެސްކޮށްފައި ވަނީ ކައުންސިލް އޮފް ޔޫރަޕިއަން ޔޫނިއަން، ޔޫކޭ ޕާލިމަންޓް، ޔޫރަޕިއަންޕާލިމަންޓް، އެމެރިކާގެ ރައީސް، އެމެރިކާގެ ސަނެޓް، އިނގިރޭސިވިލާތުގެ ބޮޑުވަޒީއަދި ކޭނަޑާގެ ބޮޑަވާޒީރަށެވެ.

އިންޑިއާގެ ހިންދޫން ދެކޭ ގޮތުގައި ގެރިއަކީ އެމީހުންގެ ދީނުގައި ވަރަށް ވެސް މުގައްދަސް އެއްޗެކެވެ. އަދި ގެރިކަތިލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ގިނައިން ގެރި މަސް އެކްސްޕޯޓް ކުރާގައުމެވެ.

comment ކޮމެންޓް