އެ އިނާމުތަކުގެ ތެރޭގައި އެއް އަހަރުގެ އަމާނާ ތަކަފުލްގެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖަކާއި ލަންކާ ހޮސްޕިޓަލްސް އިން ދޭ މެޑިކަލް ޕެކޭޖަކާއި ބެންކޮކް ހޮސްޕިޓަލްގެ މެޑިކަލް ޕެކޭޖްތައް ހިމެނެއެވެ. އަދި އިނަ މޯލްޑިވްސް އިން ދޭ ޓުއާ ޕެކޭޖަކާއި މޯލްޑިވިއަން އާއި ވިލާ އެއާ އަދި ބެންކޮކް އެއާވޭސްގެ ދެކޮޅު ޓިކެޓާއި މުސާފިރީން ގްރޫޕުން ދޭ އުމްރާ ދަތުރެއް ވެސް ހިމެނެއެވެ.

އިނަ މޯލްޑިވްސް އިން ދެނީ ފްލައި ދުބާއީ އިން ދުބާއީ ދިއުމުގެ ދެކޮޅު ޓިކެޓެވެ. ބެންކޮކް އެއާވޭސްއިން ދެނީ ބެންކޮކް ދެކޮޅު ޓިކެޓެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ މުސާފިރީން ހައްޖު އުމްރާ ގްރޫޕުންނެވެ.

މި އިނާމުތަކުގެ އިތުރުން ވެސް އެކްސްޕޯގައި ބައިވެރިވާ ގެސްޓް ހައުސްތަކާއި ހޮޓާތަކުން ވެސް ބައެއް އިނާމުތައް ހުށަހަޅާފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.

އަންނަ މަހު ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އެ މައުރަޒުގައި މިހާތަނަށް 26 ފަރާތަކުން ބައިވެރިވެފައިވާއިރު އެ އެކްސްޕޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާއެވެ.

އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ. އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމަކީވެސް އެ މައުރަޒުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯޒްކޮށްފައިވާ މި އަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑާއި ސްރީ ލަންކާގެ ކިންގްސް ބަރީ ހޮޓެލް ފަދަ ތަންތަން ހިމެނެއެވެ.

ވެކޭޝަންސް އެކްސްޕޯގެ މިއަހަރުގެ މައުރަޒު ތަފާތު ވަނީ މެޑިކަލް ބޮޑެތި ބްރޭންޑުތައް ބައިވެރިވާތީއެވެ. ޗުއްޓީ ދަތުރުތަކުގައި އާއިލާގެ މެމްބަރުންގެ ހެލްތް ޗެކަޕް ހެދުމާއި ދުޅަހެޔޮކޮށް ތިބުމަށް އެންމެންވެސް އިސްކަމެއް ދެއެވެ. އެގޮތުން އިންޑިއާއާއި ލަންކާއާއި ބެންކޮކް، ސިންގަޕޯ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ދިވެހިން ފަރުވާ ހޯދައެވެ.

މިފަހަރުގެ އެކްސްޕޯގައި ޑާޑެންސްއާއި ލަންކާ ހޮސްޕިޓަލްސް އަދި ބެންކޮކް ހޮސްޕިޓަލްސްއިން ބައިވެރިވާއިރު އެ ހޮސްޕިޓަލުތަކުން ވަނީ އެތަންތަނުން އިންޓަނޭޝަނަލް ޕޭޝަންޓުންނަށް ހުރި ޚިދުމަތްތައް ތަމްސީލް ކުރުމަށް ހަމަޖައްސާފައެވެ.