އަންވާރު ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން އާކް އެކްސް ހޯދައިފި

އަންވާރު ފުޓްސަލް ކަޕް 1429ގެ ޗެމްޕިއަންކަން ހޯދީ އާކް އެކްސް --- ސަން ފޮޓޯ

މުޅި ރާއްޖެއަށް ހުޅުވާލައިގެން އދ. ދަނގެތީގެ ޖަމިއްޔަތުލް އަންވާރުން ކުރިޔަށް ގެންދިޔަ އަންވާރު ފުޓްސަލް ކަޕް 1438ގެ ޗެމްޕިއަންކަން އާކް އެކްސް ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗު، އާކް އެކްސްއިން ކާމިޔާބުކުރީ ޑީވައިޑީ ސްޕޯޓްސްއާ ވާދަކޮށް، 2-0ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވި އިރު، ޗެމްޕިއަން ޓީމަށް ވަނީ ވާދައިގެ ތަށީގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، ޑީވައިޑީ ސްޕޯޓްސްގެ މުހައްމަދު ރިފާއުއެވެ.

އެ ރަސްމިއްޔާތުގައި ވަނީ، އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެކަން އިއުލާން ކޮށްފައެވެ.

ޖުމްލަ 13 ޓީމް ވާދަކުރި މިއަހަރުގެ އަންވާރު ފުޓްސަލް ކަޕުގައި، ރާއްޖޭގެ ފުންނާބު އުސް ބައެއް ކުޅުންތެރިންވެސް ވަނީ ކުޅެފައެވެ.

comment ކޮމެންޓް