ސަން ބަދިގޭގައި މިއަދު ކިޔައިދޭނީ މީރު ތަރުކާރީ ސޫޕެއް ތައްޔާރުކުރާނޭގޮތް. މިއީ ގާތްގަނޑަކަށް 30 މިނިޓުން ތައްޔާރުކޮށްލެވޭނެ ސޫޕެއް.
ބޭނުންވާ ތަކެތި:
- 1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- 1/2 ފިޔާ (ކިއުބުކޮށް ކޮށާފައި)
- 3 ލޮނުމެދު (ޗިސްކޮށްފައި)
- 2 ސެލެރީ (ކުދިކޮށް ކޮށާފައި)
- 2 ކެރެޓް (ތުނިކޮށް ކޮށާފައި)
- ދެ ޖޯޑު މިކްސްޑް ތަރުކާރީ (ކޮލިފްލާވަރ، ޒުކިނީ، ގްރީން ބީންސް ފަދަ ބާވަތްތަކެއް ބޭނުން ކުރެވިދާނެ)
- 1-2 ސައި ސަމްސާ ލޮނު
- 1/2 ސައި ސަމްސާ ގާލިކް ޕައުޑަރ
- 1 ސައި ސަމްސާ ތައިމް
- 1 ސައި ސަމްސާ އޮރެގާނޯ
- 1 ބޭ ލީފް
- 8 ޖޯޑު ވެޖެޓަބަލް ބްރޮތު ނުވަތަ ވެޖެޓަބަލް ބުއިއޮން
- ޕާމަޒަން ޗީޒް
ތައްޔާރުކުރާނޭ ގޮތް
- ސޫޕް ކައްކަން ރަނގަޅު ތެއްޔެއްގައި ފުރަތަމަ އޮލިވް އޮއިލްކޮޅު ހޫނުކޮށްލާނީ. އެއަށްފަހު އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ކެރެޓް އަދި ސެލެރީކޮޅު އަޅައިލާނީ. ދެން ގާތްގަނޑަކަށް 3-4 މިނިޓް ވަންދެން ތެލީގެ ތެރޭގައި ހުރި ތަކެތި ހަލަމުން ކައްކާލާ. ފިޔާކޮޅު ރީތިކޮށް މަޑުވުމުން، ބާކީހުރި ތަރުކާރީކޮޅު އޭގެ ތެރެއަށް އަޅާފައި އިތުރަށް ދެ މިނިޓެއްހާ އިރުވަންދެން ކައްކާނީ.
- ތެލީގައި ހުރި ތަކެތި މަޑުމަޑުން ހަލަމުން، ލޮނު، ގާލިކް ޕައުޑަރ، އަދި އޮރިގާނޯކޮޅުވެސް އެއްކޮށްލާ.
- ބޭލީފް، ވެޖެޓަބަލް ބްރޮތު ނުވަތަ، 8 ޖޯޑު ފެން (ބުއިއޮން ކިއުބު ބޭނުން ކުރާނަމަ) ތެލީގެތެރެއަށް އަޅާލާ. އެއަށްފަހު ބުއިއޮން ކިއުބުތައް ރަނގަޅަށް ގިރާލަންވާނެ.
- މިހާރު ދެން ޓޮމާޓޯކޮޅު ތެއްޔަށް އަޅާފައި ސޫޕްގަނޑު 8-10 ވަރަކަށް މިނިޓްވަންދެން ރަނގަޅަށް ކައްކާލަންވީ.
- ބޭ ލީފްތައް ސޫޕް އެތިން ނަގާފައި، ސޫޕްގެ ތެރެއަށް ޕާމަޒަން ޗީޒްކޮޅެއް ވިއްސާލީމަ ރަހަ ރަނގަޅުވާނެ. ބޭނުމިއްޔާ ޗީޒް ނުލާވެސް ރަނގަޅުވާނެ.
މިހާރު އެހެރީ ގާތްގަނޑަކަށް ހަ މީހުންނަށް ބޯލެވޭވަރަށް ތަރުކާރީ ސޫޕް ތައްޔާރުކޮށްލެވިފައި.
--- މަސްދަރު: ދަ ސްޕްރޫސް