ސަން ބަދިގެ: ދިވެހި ކުޅިމަސް

ސަން ބަދިގެ: ދިވެހި ކުޅިމަސް

ދިވެހި ކުޅިމަހަކީ ދިވެހިންގެ ކެއުމުގެ އާދަތަކުގެ ތެރޭގައި ވަރަށް ހާއްސަ މަގާމެއް ލިބިފައިވާ، އަދި ރަމަޟާން މަހުގެ ހާރުދަމާއި ތަރާވީސް ވަގުތުތަކުގައި ވަރަށް މަގުބޫލު ކެއުމެކެވެ. ކަނޑުމަހުގެ ބޭނުންކޮށްގެން، ގިނަ ބާވަތްތަކެއްގެ ހަވާދު އެކުލަވައިގެން ތައްޔާރުކުރާ މި ކެއުމަކީ އޭގެ ރަހަފުޅާކަމާއި ކުޅިކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ފާހަގަކޮށްލެވޭ ކެއުމެކެވެ. މި ރެސިޕީގައި ހިމެނޭ އެކި ބާވަތްތަކުގެ ހަވާދުތައް ބޭނުންކޮށްގެން ވަރަށް މީރުކޮށް ކުޅިމަސް ތައްޔާރުކުރެވޭނެއެވެ.

  • ކުޅިމަސް ތައްޔާރުކުރުމަށް މައިގަނޑުކޮށް ކަނޑުމަސް ބޭނުންކުރޭ
  • ހަވާދުތައް ކަމުގައިވާ ދިރި، ދަވިއްގަދު، ގިތެޔޮ މިރުސް އަދި ހިކިމިރުސް މިކްސަރުން ހިމުންކޮށް މުގުރާލަންޖެހޭ
  • ތެލާއި ފިޔާ އަދި އެހެނިހެން ފަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ހަވާދުގަނޑު ރަނގަޅަށް ކެއްކުން މުހިންމު
  • ފަހު މަރުހަލާގައި މަސްކޮޅު އަޅައިގެން ރަނގަޅަށް ކައްކައި ރަހަ ހެޔޮވަރުކުރުން
  • މިއީ ހާރުދަމަށާއި ރޯދަ ވީއްލުމަށް ފަހު ކެއުމަށް ވަރަށް އެކަށޭނެ ބާވަތެއް

މިއަދުގެ ސަން ބަދިގެ ސެގްމެންޓް ހާއްސަކޮށްލާނީ ދިވެހީންގެތެރޭ ވަރަށް ގިނައިން ތައްޔާރުކޮށްލެވޭ ދިވެހިވަންތަ ކެއުމަކަށެވެ. ކުޅި މަހަކީ ވަރަށް ގިނަ ބަޔަކު ރަމަޟާން މަހު ހާރު ދަމަށް ވެސް އަދި ބައެއް މީހުން ތަރާވީސް ގަޑީގައި ވެސް ކެއުމުގައި ބޭނުންކުރާ ބާވަތެކެވެ. ކުޅި މަސް އެކި މީހުން އެކިގޮތްގޮތަށް ތައްޔާރުކުރާއިރު މިއީ ކަނޑު މަހުގައި ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ބާވަތެކެވެ.

ބޭނުން ވާތަކެތި

01 ކިލޯ ކަނޑު މަސް
01 ކާށި ހުނި
20 ގްރާމް ހިކިމިރުސް
25 ގްރާމް ދިރި
06 އިންޗި ރާންބާފަތް
01 ޖޯޑު ފެން
50 ގްރާމް ގިތެޔޮ މިރުސް
100 ގްރާމް ޓޮމާޓޯ ޕޭސްޓް
10 ގްރާމް ދަވިއްގަދު
75 ގްރާމް ގިތެޔޮ
500 ގްރާމް ފިޔާ
04 ހިކަނދި ފަތް
ރަހަލާވަރުގެ ލޮނުކޮޅެއް


ތައްޔާރު ކުރާނެގޮތް

ކަން ކަތިކޮށް މަސްކޮޅު ކޮށާލުމަށް ފަހު ރީއްޗައް ދޮވެލާފައި ބަހައްޓާލާށެވެ. އެއަށްފަހު ކާށި ހުނި، ދިރި، ދަވިއްގަދު، ގިތެޔޮ މިރުސް، ހިކިމިރުސް، ފިޔާ ތިން ބައި ކޮށްފައި އެއް ބައި، ހިކަނދިފަތް އަދި ރާނބާފަތް ދެ ބައި ކޮށްފައި އެއް ބައި އަދި ފެން ޖޯޑެއް އަޅާފައި ވަރަށް ހިމުންކޮށް މިކްސަރުން މުގުރާލާނީއެވެ.

އެއަށްފަހު ތެއްޔެއްގެތެރެއަށް ގިތެޔޮއަޅާ ހޫނުކޮށްލުމަށްފަހު ބާކީ ހުރި ފިޔާ، ހިކަނދިފަތް، ރާންބާފަތް، ރަތް ކޮށްލުމަށްފަހު ފުނޑާފަައި ހުރި ހަވާދުކޮޅު، ޓޮމާޓޯ ޕޭސްޓާއި ލޮނު އަޅާ އެއްކޮށްލާފައި ކުޑަކޮށް ހޫނު ކޮށްލާށެވެ.

ހޫނުވީމާ މަސްކޮޅުއަޅާ ރީއްޗަށް އެއްކޮށްލާފައި ރަގަނޅަށް ކައްކާލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު