ސަން ބަދިގެ މިއަދުގެ ސެގްމެންޓްގައި ގެނެސްދޭނީ ފަސޭހަގޮތަކަށް ވަޅޯމަހުގައި ޕާސްތާ ކައްކާލާނެ ގޮތެވެ.
ބޭނުންވާ ތަކެތި
01 ޕެކެޓް ޕާސްތާ
400 ގްރާމް ވަޅޯމަސް ( ވަށްކޮށް ކޮށާފައި )
02 ފިޔާ ( ހިމަދިގުކޮށް ކޮށާފައި )
06 ލޮނުމެދު ( ހިމަދިގުކޮށް ކޮށާފައި )
02 ގިތެޔޮމިރުސް ( ޗޮޕްކޮށްފައި )
02 މޭޒްމަތީސަމުސާ އޮލިވް އޮއިލް
02 ހިނކަދިފަތް
04 މޭޒްމަތީސަމުސާ ސޯޔާސޯސް
ތައްޔާރު ކުރާނެގޮތް
ޕާސްތާ ލޮނުލައިގެން ކައްކާލުމަށްފަހު ފެންލުހެލާފައި ކުޑަތެޔޮ ފޮދެއް އަޅާ އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.
އެއަށްފަހު ތަވައެއްގެ ތެރެއަށް ތެޔޮފޮދު އަޅާ ހޫނުކޮށްލުމަށްފަހު ހިނކަދިފަތް ކޮޅުއަޅާފައި ކުޑަކޮށް ވަޅޯކޮށްލާފައި ފިޔާ އާއި ލޮނުމެދުކޮޅު އަޅާ ވަޅޯ ކޮށްލާފައިވާ މިރުހާއި ވަޅޯމަސް އަޅާ ކުޑަކޮށް ކައްކާލާށެވެ. ދެން ކުރިން ކެއްކި ޕާސްތާއާއި ސޯޔާސޯސް އަޅާފައި މަޑުގިނީގައި އެއްކޮށްލާނީއެވެ.